ބ. ދޮންފަނުގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސްގެ ފަރާތުން އެރަށު ކައުންސިލަށް މާސްކާ ސެނައިޓް ކުރާ އާލަތްތައް ހަދިޔާކޮށްފިއެވެ.
ބ. ދޮންފަނުގައި އެންމެ ފުރަތަމަ ހުޅުވި އެ ގެސްޓް ހައުސްއަކީ އެރަށުގައި ޓޫރިޒަމް ފުޅާކުރުމަށް ހުޅުވި އެންމެ ފުރަތަމަ ގެސްޓް ހައުސްއެވެެ. އެގެސްޓް ހައުސްގެ ފަރާތުން ވަނީ ބ. ދޮންފަނު ކައުންސިލަށް 10000 ރުފިޔާގެ އަގުހުރި މާސްކާ ސެނަޓައިޒާ ހަދިޔާކޮށްފައެެވެ.
މި ގެސްޓް ހައުސްއަކީ ކޮވިޑުގެ ހާލަތުގެ ކުރިން އިމާރަތްކޮށް ނިމުނު ނަމަވެސް ކޮވިޑުގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކާއި ހެދި ނުހުޅުވި ލަސްވެގެންދިޔުމަށްފަހު މިހާރު ހުޅުވައިގެން ޚިދުމަތް ދެމުން ގެންދާ ގެސްޓް ހައުސްއެކެވެ. އެގެސްޓް ހައުސްގައި ދިވެހިންނަށް ޗުއްޓީ ހޭދަކުރުމަށް ޚާއްސަ ޕެކޭޖްތަކެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.
ބ. ދޮންފަނަކީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅައި ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރު ސަރަހައްދުގައި އޮންނަ ރަށެކެވެ. ދުނިޔޭގެ އެންމެ މަގުބޫލް އެއް ތަނުގެ ގޮތުގައި ހިމެނޭ އެތަން އޮންނަނީ ދޮންފަނު ކައިރީގައެވެ.
2009 ވަނަ އަހަރުން ފެށިގެން ބަޔޮސްފިއާގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި މުހިންމު ތަންތަނުގެ ގޮތުގައި ބައެެއް ތަންތަން ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ތިން ތަނެއް ކޯ އޭރިއާ ނުވަތަ މުހިންމު ތަންތަނުގެ ގޮތުގައި ކަނޑައަޅާފައި އޮންނައިރު، އެންމަޑިއާއި ފެހުރިހި އުޅޭ ހަނިފަރަކީ ހާއްސަ އެއް ތަނެވެ. އަދި އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މަގްބޫލް މަންޒިލެއްކަން ފާހަަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު