ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިހެން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ދައުލަތުގެ ނުފޫޒާ ބާރު، ދިވެހި ތާރިޚުގައި ވެސް އެންމެ ބޮޑަށް ފޯރުވި އިންތިޚާބަކީ ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކަމަށެވެ.
އެގޮތުން ދައުލަތުގެ ފައިސާއާއި ނުފޫޒާއި ވަޒީފާއާއި ބަޖެޓް ނުކުރާ މަޝްރޫއުތައް ހިންގައި ސަރުކާރުން އެކިގޮތްގޮތުން އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެހެން ދާއިރާތަކަށް ކަނޑައަޅާފައިވާ ފައިސާ ކޮމަންޑޫ ދާއިރާއަށް އިންތިޚާބާ ދިމާކޮށް ސަރުކާރުން "އޮއްސާލި" ކަމަށެވެ. އެ މައްސަލަ ބެލުމުގެ ބާރު ގާނޫނު އަސާސީން ދީފައިވާ މުއައްސަސާ ކަމުގައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ "ވުޖޫދުން ގެއްލުވާލާފައި" ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ އޭސީސީ ނެތް ހާލަތްތަކުގައި ވެސް އިންތިޚާބަށް ނުފޫޒު ފޯރުވާ ބޮޑެތި މައްސަލަތައް ބެލޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން ކުރަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގެ ތެރެއަށް ވަދެ މައްސަލަ ބަލަން ސުޕްރީމް ކޯޓަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ. އަދި އެފަދަ މައްސަލަތަށް ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނަން ޖެހޭ ކަމަށާއި، އެބާރު ކޯޓަށް ދޭންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މުޅި ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރިކަން އާންމު ކޮންމެ ރައްޔިތަކަށް އެބަ އެނގޭ، އެހެންވިއްޔާ މަތީ ކޯޓެއްގެ ފަނޑިޔާރަކަށް ފެންނަންވާނެ. އެހެން ނަމަވެސް މިފަދަ މައްސަލަތަކަށް ވަދެވެން ނޯންނަ ގޮތަށް އޮތުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހި ރާއްޖޭގެ މުޅި ސިޔާސީ ނިޒާމް، ދިވެހިރާއްޖޭގެ މުސްތަގުބަލް ހަލާކުވެގެންދާ އެއް ސަބަބުކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ." ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު