ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވާލަން ރާވައި އެކަން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ލަސްވަމުންދާތީ އެކަން އަވަސްކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އެދިވަޑައިގެންފިއެވެ.
ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގައި އެގޮތަށް އެދިވަޑައިގަތީ އެއީ ޖިނާއީ ބޮޑު މައްސަލައަކަށް ވެފައި އެމައްސަލައަކީ ރައްޔިތުންގެ އާއްމު މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ ކަމަށެވެ. އެ މައްސަލަ މިހާރު ހިންގާ ވަރަށް ވުރެ ސްޕީޑު އަވަސްކޮށް ހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޕީޖީ މިހެން ވިދާޅުވެފައިވާއިރު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުސްވި އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ލަސް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބު އައްބާސް ފާއިޒް އިއްޔެ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެެ. އޭނާ ވަނީ ތަހުގީގުގައި އަދި ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފައެެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު އަށް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގުގެ މައްޗަށެވެ. އެމީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

ކިޔުންތެރިންގެ ހިޔާލު