މި ސަރުކާރުން މިހާތަނަށް މީހުން ބިނާކުރުމަށް 1.5 ބިލިއަނަށްވުރެ ގިނަރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން މިހާތަނަށް މީހުން ބިނާކުރުމަށް ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ. އެކަމުން އެކަނިވެސް މީހުން ބިނާ ކުރުމަށް ސަރުކާރުން ދޭ އަހަމިއްޔަތު ހާމަވެގެންދާ ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.
"މީހުން ބިނާ ކުރުމަށް ފުރަތަމަ ޑިގްރީގެ ފުރުސަތު ފަހިކޮށްދީ އެ ޑިގްރީ ސްކީމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީންގެ ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިކޮށްދީ އެސްކީމްގެ ތެރެއިންނާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރުމަށް ދީފައިވާ ލޯން ސްކީމްގެ ތެރެއިން 1.5 ބިލިއަން ރުފިޔާ މިހާރު ވަނީ ޚަރަދުކުރެވިފައި." މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު