ކޯވިޑާއި ގުޅިގެން އެކި ކަންކަމަށް ސަރުކާރުން ކުރަމުންދާ ހޭދަ 4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔައަހަރުގެ ނިޔަލަށް ކޯވިޑާއި ގުޅިގެން ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 2.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައެވެ. އަދި މާލީ ގޮތުން ވިޔަފާރިތަކަށް އެހީވުމަށް ވަނީ 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ސިއްޙީ ކަންކަމަށް ހޭދަކުރި 2.2 ބިލިއަން ރުފިޔާގެ ބޮޑުބައެއް ގޮސްފައިވަނީ ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކަށެވެ. އެގޮތުން ކޯވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހޭދަ ވަނީ 892.5 މިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށް 784.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކުރި ހޭދަތައް އުޅެނީ 193.8 މިލިއަން ރުފިޔާގައެވެ.
ކޯވިޑާއި ގުޅިގެން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް ސަރުކާރުން އެހީވެފައިވާއިރު، މީގެ ތެރެއިން ކޯވިޑް ރިކަވަރީ ލޯން ސްކީމަށް މިހާތަނަށް ވަނީ 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި ވަޒީފާ ގެއްލުނު ނުވަތަ މުސާރަ ކުޑަވި ފަރާތްތަކަށް އިނާޔަތް ނުވަތަ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އަމިއްލަ ފަރުދުންގެ ގޭގޭގެ، ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދިނުމަށް ސަރުކާރުން ވަނީ 172.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ކޯވިޑާއި ގުޅިގެން ސަރުކާރުން ބޮޑެތި ހޭޭދަތަކެއްކޮށް، އިގްތިސާދު ހިފަހައްޓާފައިވާއިރު، މިހިނގާ އަހަރުވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު