ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ ޒަމާނީ އައު ރަންވޭ ބޭނުންނުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަރޕްރައިސަސް ކޮމިޓީ ނުވަތަ އެސްއޯއީ ކޮމިޓީން ބަލަން ފަށައިފިއެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީއަކީ ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ބޭނުން ނުކުރާ މައްސަލަ ބަލައި ދިނުމަށް އެދި އެކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ.
މެމްބަރު ވަހީދު ވިދާޅުވީ އައު ރަންވޭ ބޭނުންނުކުރާ މައްސަލަ ކޮމިޓީއަށް ހުށަހެޅީ އާ ރަންވޭ ހުޅުވުން ލަސްވެ، އާންމުންގެ ޝަކުވާ އިތުރުވެފައި ވާތީކަމަށެވެ.
މިމައްސަލައިގައި ކޮމިޓީން މިއަދު ނިންމާފައި ވަނީ އެމްއޭސީއެލަށް ސިޓީއެއް ފޮނުވައިގެން މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.
އައު ރަންވޭ ހުޅުވުން ލަސްވެެގެން އެމައްސަލަ މަޖިކީހަށް ހުށަހަޅާފައިވާއިރު،. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް, ވީއައިއޭގެ އާ ރަންވޭ، އަންނަ ސެޕްޓެމްބަރުމަހު މަތިންދާބޯޓު ޖެއްސުމަށް ބޭނުންކުރަން ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
އެމްއޭސީއެލުން ބުނީ ރަންވޭ ބޭނުންކުރުން ލަސްވަމުންދަނީ ވީއައިއޭގެ ރަންވޭ ހިމެނޭ ސަރަޙައްދު ސްޓޭންޑަޑަށް ގެނައުން ލަސްވުމުންކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ މިންގަނޑުގައި ރަންވޭގެ ވަށައިގެންވާ ސަރަޙައްދުގައި ވަކި ދުރުމިނެއް ހިމެނޭހެން ހާމަ ހުސް ސަރަޙައްދެއް އޮންނަން ޖެހޭކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި މިވަގުތު ވީއައިއޭގެ ސީޕްލޭން ޓަރމިނަލް އޮތް ސަރަޙައްދު ހިމެނެނީ މި މިންގަނޑުގެ ތެރެއިން އައު ރަންވޭގެ އޭރިއާގެ ތެރޭގައިކަމަށާއި، އެހެންކަމުން ރަސްމީކޮށް އައު ރަންވޭ ބޭނުންކުރެވޭނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލް ހުރި ސަރަޙައްދު ހުސްކުރެވިގެންކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ އަންނަ މާޗްމަހުގެ ނިޔަލަށް ސީޕްލޭން ޓަރމިނަލްގެ އޮޕަރޭޝަން އެއްކޮށް އައު ޓަރމިނަލަށް ބަދަލުކޮށް ނިމި، ރަންވޭ ބޭނުންކުރުމަށްޓަކާ އެސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް ކުރަން ފަށާނެކަމަށެވެ. އަދި ފުރިހަމަ ރަންވޭއެއްގެ ގޮތުގައި ބޯޓުތައް ޖައްސާ ފުރުމަށްޓަކާ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަން ބޭނުންކުރަން ފެށޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޓެސްޓް ފްލައިޓް ޖެއްސިޔަސް މިހާތަނަށް އައިރުވެސް އައު ރަންވޭ ބޯޓު ޖައްސަން ބޭނުންކުރަން ފަށާފައެއް ނުވެއެވެ. ނަމަވެސް ޓެކްސީ ވޭއެއްގެ ގޮތުގައި ރަންވޭ މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
ކުރީގެ ސަރުކާރުން މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެރަންވޭގެ ދިގު މިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލް އަޅަން ހަވާލުކޮށްފައި ވަނީ ސައޫދީ ބިންލާދިން ކުންފުންޏާއެވެ.

ކިޔުންތެރިންގެ ހިޔާލު