ރާބިޠަތުލް ޢާލަމިލް އިސްލާމީ ނުވަތަ މުސްލިމް ވޯލްޑް ލީގުގެ އޮފީހެއް ރާއްޖޭގައި ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ބާއްވާފައިވަނީ ރައީސް ސާލިހުގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއާއި ދިވެހި ހާރިޖިއްޔާއާ ދެމެދު މިއަދު ބޭއްވި މަޝްވަރާތަކުގައެވެ.
މި މަޝްވަރާތަކަށްފަހު ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ހަލީލް ވިދާޅުވީ ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމްއާއެކު ބޭއްވި މަޝްވަރާތަކުގައި ވަރަށް ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން މުސްލިމް ވޯލްޑް ލީގުގެ ރެޕްރެޒެންޓެޓިވް އޮފީހެއް ރާއްޖޭގައި ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ހަލީލް ވިދާޅުވިއެވެެ.
ހަލީލް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ކައުންޓަރ ޓެރެރިޒަމާއި ދީނީގޮތުން ހައްދުފަހަނައެޅުމާއި، އިސްލާމުންނާއިމެދު ނަފްރަތު އުފެއްދުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މީގެއިތުރުން ދީނީ އިލްމުވެރިންނާއި އިމާމުން ތަމްރީންކުރުމާއި ދީނުގެ މެދުމިނުގެ އުސޫލުތައް ޕްރޮމޯޓްކުރުމާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ސަލްމާން މިސްކިތް ހުޅުވުން އަވަސްކުރުމާއި ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ރާބިޠާގެ ސެކެޓްރީ ޖެނެރަލްއަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތީ ހޯމަ ދުވަހުއެވެ.
ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަޙުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާ ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސް ސާލިހު ވަނީ އެމަނިކުފާނަށް ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.

State Minister Khaleel and @MWLOrg_en Secretary-General @MhmdAlissa give Joint Press Conference, highlighting the close ties of friendship and to further strengthen cooperation between the #Maldives and #MuslimWorldLeague pic.twitter.com/T1uiEFnsEQ
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 8, 2022
މި މަޝްވަރާތަކަށްފަހު ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ހަލީލް ވިދާޅުވީ ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމްއާއެކު ބޭއްވި މަޝްވަރާތަކުގައި ވަރަށް ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން މުސްލިމް ވޯލްޑް ލީގުގެ ރެޕްރެޒެންޓެޓިވް އޮފީހެއް ރާއްޖޭގައި ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ހަލީލް ވިދާޅުވިއެވެެ.
ހަލީލް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ކައުންޓަރ ޓެރެރިޒަމާއި ދީނީގޮތުން ހައްދުފަހަނައެޅުމާއި، އިސްލާމުންނާއިމެދު ނަފްރަތު އުފެއްދުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މީގެއިތުރުން ދީނީ އިލްމުވެރިންނާއި އިމާމުން ތަމްރީންކުރުމާއި ދީނުގެ މެދުމިނުގެ އުސޫލުތައް ޕްރޮމޯޓްކުރުމާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ސަލްމާން މިސްކިތް ހުޅުވުން އަވަސްކުރުމާއި ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
State Minister Khaleel and @MWLOrg_en Secretary-General @MhmdAlissa held Official Talks today at @MoFAmv. Discussed Islamophobia, women’s empowerment and various other challenges facing Islamic Ummah including the issue of #Palestine and #Rohingya pic.twitter.com/y1SMfqjVzi
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 8, 2022
ރާބިޠާގެ ސެކެޓްރީ ޖެނެރަލްއަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތީ ހޯމަ ދުވަހުއެވެ.
ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަޙުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާ ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސް ސާލިހު ވަނީ އެމަނިކުފާނަށް ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު