ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ދޫނިތައް މަރާ ނުލައި، އެތަކެތި އައި ގައުމަށް އަނބުރާ ފޮނުވާލެވެން އޮންނާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިހެން ބުނެފައި މިވަނީ، މީގެ 3 މަހެއްހާ ދުވަސްކުރިން ގަވާއިދާއި ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައިވާ ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލުމާއި ގުޅިގެންނެވެ. އަދި އެއަރޕޯޓުގައި ހުންނަ ކަރަންޓީން ފެސިލިޓީގައި އެ ދޫނިތައް މަރާލީ އޮންނަ އުސޫލުގެ ދަށުންކަމަށާއި، އެކަމުގައި ބަންޑާރަ ނައިބުގެ ލަފާވެސް ހޯދާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދޫނިތައް މަރާނުލައި، ދޫނިތައް ގެނައި ގައުމަކަށް އަނބުރާ ފޮނުވާލުމުގެ ފުރުސަތު ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށް އޮންނާނެ ކަމަށެވެ. އަދި އެކަމުގެ ޚަރަދަށް ޒިންމާވާން ޖެހެނީ ދޫނިތައް ރާއްޖެ ގެނައި ފަރާތަކުން ކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ފިޝަރީޒް މިނިސްޓްރީން މިއަދު ދޫނިތައް ނައްތާލުމުގައި އެކަންކަމަށް ބަލާފައިނުވާކަމަށެވެ.
އޭޖީ އޮފީހުން ބުނީ ދޫނިތައް ގަވާއިދާއި ހިލާފަށް އެތެރެކޮށްފައިވާއިރު، އެކަން ކުރި ފަރާތާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ލަފާދީފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 100 އަށްވުރެ ގިނަ ދޫނި މިއަދު ވަނީ މަރާލާފައެވެ. އަދި ސޯޝަލް މީޑއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަރާލާފައިވަނީ ގުރާގެ އާއިލާގެ ދޫނިތަކެކެވެ.
ދޫނިތައް މަރާލި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެގެން އުޅޭއިރު، ބައެއް މީހުން ބުނީ އެ ދޫނިތަކަށް އެ ނޫން ކޮންމެވެސް ގޮތެއް ހެދޭނެކަމަށެވެ. އަދި އެ ދޫނިތައް މަރާލުމަކީ ލާއިންސާނީ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
"މަނާވީ އެތެރެކުރި ގޮތް.ދޫނިތަކުގެ ފުރާނައެއް ނޫން. ވަގަށް ރާއްޖެ އެތެރެވާ މީހާވެސް މަރާލަނީކީ ނޫން. މާސިންގާ ކަނޑުގެ ސަތަހަ ހުރަސްކޮށް ރާއްޖެއަށް އެހެން ގައުމުތަކުގެ ކަނޑުގެ ދިރުންތަކާ މޫސުމީ ދޫނި އަންނަނީ ހުއްދަ ހޯދާފައެއް ނޫން. އެތެރެކުރިގޮތް ގޯސް ވުމަކީ ދޫނިތަކުގެ ކުށެއް ނޫން." އާއްމު މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.
ދޫނިތައް މަރާލި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގަވާއިދާއި ހިލާފަށް އެގޮތަށް އެތެރެކުރާ އެއްޗެހި ނައްތާލުމަކީ އާ ކަމެއް ނޫންކަމަށާއި، އެއީ މީގެކުރިންވެސް ކުރަމުން އަންނަ ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު