ރ. މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަނީ ފުޓްބޯޅަ ދަނޑުގެ ތަރައްގީކުރުމުގެ މަސައްކަތަށް ބޭނުންވާ ވެލި ނުލިބިގެންކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވެފައިވާ ސަބަބާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ. އަދި އެމަސައްކަތް ކުރިއަށްނުދާ ސަބަބާއި، އެމަސައްކަތް ނިންމޭނެކަމަށް ލަފާކުރައްވާ ދުވަހަކާއި ގުޅޭގޮތުން އާދަމް ޝަރީފް ވަނީ ސުވާލުކުރައްވާފައެވެ.
އާދަމް ޝަރީފްގެ ސުވާލުތަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މަހްލޫފް ވިދާޅުވީ ރ. މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަނީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތަށް ބޭނުންވާ ވެލި ނުލިބިގެންކަމަށެވެ. އެހެންކަމުން ސަބްބޭސް ހެދުމުގެ މަސައްކަތަށް ބޭނުންވާ ވެލި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މީދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް މިހާރު އެރަށަށް ފޮނުވާފައިވާކަމަށެވެ. އަދި ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއު މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.
ރ. މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މިއީ ދައުލަތުގެ ބަޖެޓުން 433,776 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

R. Meedhoo football ground sub-base agreement signing @MoYSCEmv @AhmedMahloof @VMookey #TeamRDC pic.twitter.com/Z6ZgHoLkrq
— Road Development Corporation Ltd (@rdcmaldives) March 17, 2020
މަހްލޫފް ވިދާޅުވީ މީދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް މިހާރު އެރަށަށް ފޮނުވާފައިވާކަމަށެވެ. އަދި ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއު މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.
ރ. މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މިއީ ދައުލަތުގެ ބަޖެޓުން 433,776 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު