ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅަން އެޗްޑީސީން ބީލަމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ޕްރީ ސްކޫލް އަޅަން ހަމަޖެހިފައިވަނީ 22،000 އަކަފޫޓުގެ ސަރަހައްދެއްގައި، އެއް ފަންގިފިލާއަށެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ދިވެހި ކުންފުނިތަކަށް އެކަނިކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ޕޯޓަލްގައި ރަޖިސްޓްރީކުރާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ބިޑު ހުށަހަޅަން ޖެހޭނެކަމަށެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 680،000 ރުފިޔާ ބަހައްޓަންޖެހެއެވެ.
ހުޅުމާލެގައި ޕްރީ ސްކޫލެއްގެ އިތުރުން، އިތުރު ދެ ސްކޫލް އެޅުމަށްވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އަދި ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެގޮތުން މިސްކިތްތަކާއި، ފިހާރަތަކާއި އެހެނިހެން ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު