ގާނޫނާއި ޚިލާފަށް ރާއްޖެ އެތެރެކުރާ ދިރޭ ތަކެތި މަރާލެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަންޖެހޭކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނެފިއެވެ.
އީޕީއޭއިން މިހެން ބުނެފައި މިވަނީ ގާނޫނާއި ހިލާފަށް ރާއްޖެ އެތެރެކުރި 100 އަށްވުރެ ގިނަ ދޫނި ފިޝަރީޒް މިނިސްޓްރީން މަރާލުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލަށް އެކަން ޖެހުމަށް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިކަމާއި ގުޅިގެން އީޕީއޭގެ އިސް ބޭފުޅަކު ވިދާޅުވީ ދޫނިތައް މަރާލާފައި ވަނީ އީޕީއޭއާ މަޝްވަރާ ކުރުމެއްނެތި ކަމަށެވެ. އަދި އީޕީއޭއިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އީޕީއޭއިން ބުނީ އެ ދޫނިތައް ގެނައި ގައުމަކަށް އަނބުރާ ފޮނުވާލެވޭނަމަ ޖެހޭނީ އެ ދޫނިތައް ރާއްޖޭގައި ބަލަހައްޓަންކަމަށެވެ.
ރާއްޖޭގެ ގާނޫނުތަކުން، ރާއްޖެ އެތެރެ ކުރުން މަނާ ތަކެތި ނައްތާލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގިނަ ބާރުތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި އެތަކެތި މަރާލުމުގެ ހުއްދަވެސް ހިމެނެއެވެ.
އީޕީއޭއިން ބުނީ ގާނޫނުން އެތަކެތި މަރާލުމުގެ ބާރު އިދާރާތަކަށް ދީފައި އޮންނަ އޮތުން ބަދަލުކުރަންޖެހޭކަމަށެވެ.
މީގެ 3 މަހެއްހާ ދުވަސްކުރިން ގަވާއިދާއި ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައިވާ ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލާފައި ވަނީ އިއްޔެ އެއަރޕޯޓުގައި ހުންނަ ކަރަންޓީން ފެސިލިޓީގައެވެ. އަދި އެ ދޫނިތައް މަރާލީ އޮންނަ އުސޫލުގެ ދަށުންކަމަށާއި، އެކަމުގައި ބަންޑާރަ ނައިބުގެ ލަފާވެސް ހޯދާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދޫނިތައް މަރާނުލައި، ދޫނިތައް ގެނައި ގައުމަކަށް އަނބުރާ ފޮނުވާލުމުގެ ފުރުސަތު ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީއަށް އޮންނާނެ ކަމަށެވެ. އަދި އެކަމުގެ ޚަރަދަށް ޒިންމާވާން ޖެހެނީ ދޫނިތައް ރާއްޖެ ގެނައި ފަރާތަކުން ކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ފިޝަރީޒް މިނިސްޓްރީން މިއަދު ދޫނިތައް ނައްތާލުމުގައި އެކަންކަމަށް ބަލާފައިނުވާކަމަށެވެ.
އޭޖީ އޮފީހުން ބުނީ ދޫނިތައް ގަވާއިދާއި ހިލާފަށް އެތެރެކޮށްފައިވާއިރު، އެކަން ކުރި ފަރާތާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ލަފާދީފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު