ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލި މައްސަލަ ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބަލަން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ ގާނޫނާއި ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ދޫނިތަކެއް މަރާލާފައެވެ. މިކަމާއި ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިމައްސަލަ ދައުލަތުގެ ގިނަ އިދާރާތަކެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އެންމެފަހުން މިކަމޫގެ ތެރެއަށް ރައީސް އޮފީހުން ވަދެ، އެ މައްސަލަ ބެލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިންގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަދައި، ހުށައެޅުމަށް، ފިޝަރީޒް މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދޫނިތައް މަރާލީ ބަންޑާރަ ނައިބު ދެއްވި ލަފަޔާއި އެއްގޮތަށްކަމަށެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދޫނިތައް މަރާލުން ނޫން ގޮތްތައް އެކަމުގައި އޮންނާނެކަމަށެވެ.

މިކަމުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނީ ގަވާއިދާއި ހިލާފަށް އެތެރެކުރާ ދިރޭތަކެތި މަރާލުމުގެ ހުއްދަ ގާނޫނުން ދީފައި އޮތްނަމަވެސް، އެކަންކަން ބަދަލުކުރަންޖެހޭކަމަށެވެ.

މިއީ ރާއްޖޭގައި ދޫނިތަކެއް މަރާލައިގެން މިހާ މައްސަލަ ބޮޑުވި ފުރަތަމަ ފަހަރެވެ. މީގެކުރިން ރާއްޖޭގައި ގިނަ އަދަދަކަށް ކާޅުވެސް މަރަައެވެ. ނަމަވެސް އެކަމާއި ބަޔަކު ކަންބޮޑުވެގެނެއް ނޫޅެއެވެ.

ނަމަވެސް މިފަހަރު ގަވާއިދާއި ހިލާފަށް އެތެރެކޮށްފައިވާ، އަދި ބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ ދޫނިތަކެއް މަރާލައިގެން މައްސަލަ ބޮޑުވެގެން އުޅެނީ ކީއްވެގެންކަމެއް ނޭނގެއެވެ. ބައެއް މީހުން ބުނާގޮތުން މިކަމުގައި ޒިންމާވާ މިނިސްޓްރީގެ މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ހުންނެވުމަކީ މިމައްސަލަ މިހާ ބޮޑުކޮށްލައިގެން އުޅޭ ސަބަބަކަށް ވެދާނެއެވެ.

މީގެކުރިންވެސް ރައީސް ސާލިހުގެ ސަރުކާރުގައި ހިމެނުނު ޖުމްހޫރީ ޕާޓީގެ މިނިސްޓަރުންނާއިމެދު ކަންކަން ހިނގާފައި ހުރީ މިފަފަ ގޮތަކަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު