ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެގެން، ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް މިހާތަނަށަ ފާހަގަކުރެވިފައި ނުވާކަމަށް ކޮމިޝަނަރު އޮފް ޕޮޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ، 241 ކޮމެޓީގައި ވާހަކަ ދައްކަވަމުންނެެވެ. އެކޮމެޓީގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމަށް އަސަރުކުރާނެ ފަދަ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ. މި ހަރަކާތް ހިންގާ ސަބަބުތަކުގެ ތެރޭގައި ހަ ކަމެއް މިހާތަނަށް ފުލުހުންނަށް ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ދުނިޔޭގެ ސްޓްރެޓެޖިކް ސެކިއުރިޓީ ކަންތައްތަކުގައި އެއް ގައުމުން އަނެއް ގައުމަށް އެހީވުމަށް، އެކި ގައުމުގެ ސިފައިން ހަރަކާތްތެރިވާ ކަމަށެވެ. ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެގެން ދާހިލީ ކަންކަމަށް އަސަރު ނުކުރިނަމަވެސް، އިންޑިއާ އައުޓަކީ ދާހިލީ ކަންކަމަށް ނުރަނގަޅު އަސަރު ކޮށްފާނެ ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޑިއާގެ ސިފައިން ނުވަތަ ސިފައިން ކަމަށް ބެލެވޭ ބަޔަކު ރާއްޖޭގަ ތިބެގެން، އެ ކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުވަތަ ދާހިލީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް އަދި މިހާތަނަކަށް ފާހަގަކުރެވިފައެއް ނެތް." ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތަކީ ސިޔާސީ ޕާޓީއަކުން ވަރަށް ރޭވިގެން ހިންގާ ހަރަކާތެއް ކަމަށެވެ. އެގޮތުން މިހަރަކާތަކީ 3 މިލިއަނުން 4 މިލިއަނުން މިހަރަކާތަށް ހަރަދުކޮށްގެން ހިންގާ ހަރަކާތެއްކަން އެނގިފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މި ކެމްޕޭންގެ ފަހަތުގައި އޮތް އަސްލު މަގުސަދު ވެސް އެނގިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގައި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަމަވެސް އިންޑިއާ އައުޓް ހަރަކާތުގައި ގޭންގުތަކުން ބައިވެރިވަނީ އެކަން ހުއްޓުވަންކަން ސީޕީ ވަނީ ތުހުމަތު ކުރައްވާފައެވެ.
"އަޅުގަނޑުމެން އެ ހަރަކާތުގައި އިސްކޮށް އުޅޭ ދެ ޕާޓީގެ އިސްވެރިންނަށް ދަންނަވައިފިން ނުރައްކާތެރި ކުށްތަަކަށް އަރައިގަންނަ ފަރާތްތައް މީގެ ތެރެއަށް ވައްދައި ވަކި މަގްސަދުތަކެއް ހާސިލްކުރުމަށް ޖާގަ ނުދެވޭނެ ކަމަށް." ސީޕީ ވިދާޅުވި އެވެ.
އިންޑިއާ އައުޓް ކެމްޕޭނާއި މަސްތުވާ ތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތަކާއި ގުޅުން އޮތް ކަމަށް ސީޕީ ތުހުމަތު ކުރަށްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އިންޑިއާ އައުޓް ކެމްޕޭނާއި މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ގުޅުން އޮތްކަން ހާމަކުރަށްވާފައެވެ.
އިންޑިއާ އައުޓް ކެމްޕެއިން މައްސަލަ 241 ކޮމިޓީއަށް މިދިޔަ ޑިސެމްބަރުމަހު ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު