ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުން ވިއްކުމަށް ކަނޑައެޅި 26 ގޯތި އެންމެ މަތިން އަގު ހުށަހެޅި މީހުންނަށް ވިއްކުމަށް ނިންމައިފިއެވެ.

އެޗްޑީސީން ވަނީ މިދިޔަ ޑިސެމްބަރުމަހު ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް ހުޅުވާލާފައެވެ. އެއީ އަތިރިމަތިން 26 ގޯއްޗާއި އަތިރިމައްޗާއި ކައިރިން 34 ގޯއްޗެވެ،

މީގެތެރެއިން މިއަދުު ބީލަން ކުރިއަށްގެންގޮސްފައިވަނީ އަތިރިމަތިން ވިއްކާ 26 ގޯތީގެއެވެ. އެޗްޑީސީން ބުނީ މި 26 ގޯތި ވިއްކުމަށް ނިންމާފައިވަނީ އެންމެ މަތިން އަގު ހުށަހެޅި 26 މީހުންނަށްކަމަށެވެ.

މި ބީލަމުގައި އިސްކަން ދީފައިވަނީ އަލަށް ގޯތި ގަންނަ މީހުންނަށްކަމަށްވާއިރު، މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް މި ބީލަމުގައި ބައިވެރިއެއް ނުވެވެއެވެ. އަދި ބީލަމުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް ގަނެވޭނީ އެންމެ ބިމެއްކަމަށް ޝަރުތުކޮށްފައިވެއެވެ.

އެޗްޑީސީން ބުނީ އަތިރިމައްޗާއި ކައިރިން ވިއްކުމަށް ހަމަޖެހިފައިވާ 34 ގޯތީގެ ބީލަން މިމަހުގެ 16 ވަނަ ދުވަހު އޮންނާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު