އަހުމަދު މަސްނޫމް   9 ފެބްރުއަރީ 2022 - 23:26
ލަންކާގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އަފްހަމް ނަސީރުގެ ޕޯސްޓް މޯޓަމް ހަދައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ލަންކާގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ހަދާފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވާ ޓީމަށް ލަންކާގެ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުނެ އެެވެ.

"އާއިލާގެ ފަރާތުން އަންނަނީ މިރޭގެ ވަގުތެއްގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން." ފުލުހުން ބުންޏެވެ.

އުމުރުން 23 އަހަރުގެ އަފްހަމްގެ މަރާއި ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ދިވެހި ފުލުހުން ފަރާތުން ހަރަކާތްތެރިވަނީ ފުލުހުންގެ ސީނިއާ އޮފިސަރަކާއި އިންވެސްޓިގޭޓިވް ކޮމާންޑްގެ އޮފިސަރެއް ކަމަށް ފުލުުހުން މައުލޫމާތުދެއެވެ.

އަފްހާމް ނަސީރު ލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުގައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު