ލޮކްްޑައުން އަށް ދޫދިނުމުން ގިނަ ބަޔަކު ނުކުމެ އެމެރިކާގެ ސްޓޭޓެއްގެ ބީޗެއްގައި
ލޮކްްޑައުން އަށް ދޫދިނުމުން ގިނަ ބަޔަކު ނުކުމެ އެމެރިކާގެ ސްޓޭޓެއްގެ ބީޗެއްގައި
އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 100،000 އާއި ގާތް ކުރަމުންދިޔަ ނަމަވެސް އެމެރިކާގެ ރައްޔިތުން އަވަދިނެތި އުޅެމުންދަނީ ތަންތަނަށް އެއްވެ މަޖާނެގުމުގައިކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

މިހާތަނަށް 1.6 މިލިއަން އެމެރިކާ މީހުންނަށް ކޯވިޑް-19 ވަނީ ޖެހިފައެވެ. އަދި މިއީ ދުނިޔޭގެ ނިސްބަތުން ބަލައިފިނަމަ އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު އެއްގައުމެވެ. އެމެރިކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރު ވަމުންދަނީ ހައިރާންވާ ފަދަ ހަލުވި މިނެއްގައިކަން، ދަ ނިޔުޔޯކް ޓައިމްސް ގެ އެޑިޓަރ މާރކް ލޭސީ އާ ހަވާލާދީ ރޮއިޓަަރސް އިން ހާމަކޮށްފައިވެއެވެ.

ބަލި ޖެހި މަރުވާމީހުން ގިނަވި ނަމަވެސް އެމެރިކާގެ 50 ސްޓޭޓް އެއްގައި ވަނީ ލޮކްޑައުން އަށް ލުއިދީ ބައެއްވިޔަފާރިތަށްވެސް ހުޅުވާލާފައެވެ. ވިޔަފާރިތައް ހުޅުވާލި ނަމަވެސް އެއްވެއުޅުމުގައި ގައިދުރުކަން އިސް ކުރުމަށާއި މާސްކް އެޅުމަށް އިލްތިމާސް ކޮށްފައި ވާއިރުވެސް ގިނަ ރައްޔިތުން އެއްވެ މަޖާކޮށް ޕާޓީ ކުރަނީ އެއްވެސް ގައިދުރު ކަމެއް ނުބަހައްޓައެވެ.

ލޮކްޑައުނަށް ލުއި ދިނުމާއެކު މާސްކް އެޅުމާއި ގައިދުރުކަމުން ޗުއްޓީ ލިބި ހަފުތާ ބަންދުގައި އެމެރިކާގެ ގިނަ ސްޓޭޓް ތަކުގެ ބީޗުތައް ވަނީ ރައްޔިތުން ނުކުމެ ފުރާލާފައެވެ. ލޮކްޑައުން ދޫކޮށްލުމުން ރައްކާތެރި ނުވެއްޖެ ނަމަ އަނެއްކާވެސް ބަލިޖެހޭ ނިސްބަތް ކުއްލިއަކަށް މައްޗަށް އަރައިގެން ދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ދީފައިވީ ނަމަވެސް ދެމަހެއްހާދުވަހު ގޭބަންދުގައި ތިބި ރައްޔިތުން އެކަމާމެދު ވިސްނަންވެސް ބޭނުން ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.

ގައިދުރުކަން ނުބެހެއްޓިޔަސް، މާސްކް އަޅައިގެން އާންމުންގެ ތެރެއަށް ނުކުތުމަށް، މާސްކް އެޅުމުގެ މުހިންމުކަމާމެދު ފޮކްސް ނިއުސް ސަންޑޭގައި ވާހަކަ ދައްކަވަމުން، ވައިޓް ހައުސްގެ ކޯވިޑް-19 ޓާސްކްފޯސް ގެ ރެސްޕޮންސް ކޯޑިނޭޓަރ، ޑރ. ޑެބޮރާ ބާކްސް ވަނީ އިލްތިމާސް ކޮށްފައެވެ. ނަމަވެސް މާސްކް އެޅުމަށް ބައެއް ވިޔަފާރި ކުރާ ތަންތަނުން މަޖުބޫރު ކުރުމުން ގިނަބަޔަކު އެކަމާ ނުރުހުންފާޅުކުރާކަން ރޮއިޓާސް އިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން