މާލެއިން 1،000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް ވިއްކަން ސިޓީ ކައުންސިލުން ނިންމި ނިންމުން މަޑުޖައްސާލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން މިއަދު އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އަމިއްލަ ފަރާތްތަކަށް ޕާކިން ސްލޮޓު ވިއްކަނީ ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އެހެން ނަމަވެސް ސިޓީ ކައުންސިލުގެ އެ ނިންމުން މަޑުޖައްސާލުމަށް އެލްޖީއޭއިން މިއަދު ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އަންގާފައެވެ.
އެލްޖީއޭއިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސީޓީގައި ބުނެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ވެހިކަލް ޕާކު ކުރުމަށް އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާކަމުގެ ޝަކުވާ އެކިފަރާތް ތަކުން އެ އޮތޯރިޓީއާ ހިއްސާކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ސިޓީ ކައުންސިލުން ކުރަނީ ބިމާބެހޭ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ނޫންކަމަށް ޝަކުވާ ހުށަހެޅި ފަރާތްތަކުން ފާހަގަކުރާ ކަމަށް އެ ސިޓީގައިވެއެވެ.
އެލްޖީއޭއިން ބުނީ އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތް ކުރައްވަންވާނީ ބިމާއި ބެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރައްވައި ގާނޫނީ އިންތިޒާމްގެ ތެރެއިން ކައުންސިލަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ތެރެއިން ކަމަށެވެ. އެހެންވެ ޕާކިން ސްލޮޓްތަކުގެ މައްސަލައިގައި އެލްޖީއޭއަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ކަންހިނގާފައިވާ ގޮތް ބަލައި، އެކަން ހިނގަމުން ދަނީ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން ބިމުގެ މުއާމަލާތްތައް ކުރުމަށް އެކަށައަޅާފައިވާ ގާނޫނާއި ގާވާއިދާއި އެއްގޮތަށްތޯ ބަލަން ބޭނުންވާ ކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ސިޓީ ކައުންސިލުން ވެހިކަލް ޕާކުރުމަށް ބިން ވިއްކަން ކުރާ މުއާމަލާތްތަކުގެ އެންމެހާ ލިޔެކިއުންތައް އަންނަ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެލްޖީއޭއާ ހިއްސާކުރުމަށް އެ އޮތޯރިޓީން ވަނީ މާލޭ ސިޓީ ކައުންސިލަށް އަންގާފައެވެ.
މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ގުރުއަތު ނަގައިގެން ޕާކިން ސްލޮޓުތަކެއް ދޫކުރުމަށް ސިޓީކައުންސިލުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެގޮތުން އެފަހަރު 200 އަށް ވުރެ ގިނަ ޕާކިން ޖާގަ ދޫކުރަން ނިންމާފައި ވަނިކޮށް، ފާހަގަކުރެވުނު މައްސަލަތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން ހުއްޓުވާފައެވެ. އޭގެ ބަދަލުގައި ސިޓީ ކައުންސިލުން ފަހުން ވަނީ 1،000 ޕާކިން ސްލޮޓު އަމިއްލަ ފަރާތްތަކަށް ވިއްކުމަށް ނިންމައި އެމަސައްކަތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު