އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހް މާދަމާ ރޭ ކަނޑައެޅުމަށް ތާވަލްކޮށްފިއެެވެ.

އެމްޑީޕީން މާދަމާރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ އެޖެންޑާ މެންބަރުންނަށް މިހާރު ވަނީ ފޮނުވާފައެވެެ. އެޖެންޑާގައި ބުނާގޮތުން މާދަމާރޭގެ ބައްދަލުވުމުގައި ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހް ކަނޑައެޅުން ވަނީ ކަނޑައަޅާފަ އެވެ.

މިބައްދަލުވުން ބޭއްވުމަށް ނިންމައިފައިވަނީ މާދަމާ ރޭ 8:30 ގައި އިސްކަންދަރު ސްކޫލުގަ އެވެ.

މާދަމާގެރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަަން ހޮވުމަށް ބާއްވާ އިންތިހާބާއި ޕާލިމަންޓްރީ ގްރޫޕުގެ އެކި މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅަން ވެސް ވަނީ އެޖެންޑާގައި ހިމަނާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ. ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު ރައީސް ސޯލިހް މިހާތަނަށް ގޮތެއް ނިއްމަވާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު މިހާރު ވަނީ ފައްޓަވާފައެވެ. ބަރުލަމާނީއަށް ނުގޮސް އެމްޑީޕީއަށް ދެން ވެރިކަމަށް ނާދެވޭނެ ކަމަށް އެމަނިކުފާނު ދާދިފަހުންވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު