ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެެ.
މާދަމާ ޝަރީއަތް ބާއްވަން ތާވަލު ކޮށްފައި ވަނީ ރައީސް ޔާމިންގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެކެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަަލައިގައެެވެ. ވ. އާރަށު މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައިވެސް ރައީސް ޔާމިންގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ކުރި ފަސް އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު