ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަންދުވަހުގެ ތަހުނިޔާއާއެކު އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ނަހުލާގެ ހިތްޕުޅުގައި އޮތް ލޯބި މީސްމީޑިއާގައި ބަންޑުންކޮށްލައްވައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވިދާޅުވީ ގާސިމަކީ އެކަމަނާގެ ހަޔާތުގައި އެންމެ މުހިންމު އެއް ބޭފުޅާ ކަމަށެވެ. އަދި އެކަމަނާގެ ދަރިންނަށް ގާސިމްގެ ވަރުގެ ރަނގަޅު ބައްޕައެެއް ނުލިބޭނެ ކަމަށް ވިދާޅުވެ ނަހުލާ ވަނީ ގާސިމަށް ހެއު ދުއާ ކުރައްވާފައެވެެ. ގާސިމާއި ނަހުލާގެ ކައިވެންޏަށް 6 ބޭފުޅަކު ވަނީ ލިބިވަޑައިގެންފައެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމަކީ ވިލާ ގުރޫޕްގެ ޗެއާމަނެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހަތަރު އަނބިކަނބަލުން މިހާރު ތިއްބަވައެވެ.
ނަހުލާއާއި ކައިވެނި ބައްލަވައިގެންނެވި ފަހުން ހުސްވި އަހަރު ވެސް ގާސިމް ވަނީ ކައިވެންޏެއް ބައްލަވައިގެންފައެވެ. ނަމަވެސް ގާސިމްގެ އަރިހުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހަމައެކަނި އަނބިކަނބަލަކީ ނަހުލާއެވެ. ނަހުލާއަކީ މިހާރުގެ ސަރުކާރުގެ ޓްރާންސްޕޯރޓް މިނިސްޓަރެވެ.

Wishing a wonderful birthday to the most important person in my life. May Allah bless you always. I couldn’t have asked for a better father for my children. ❤️❤️❤️❤️❤️❤️ @qasimibrahim pic.twitter.com/easEIw8PRC
— Aishath Nahula (@aishath_nahula) February 9, 2022
ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމަކީ ވިލާ ގުރޫޕްގެ ޗެއާމަނެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހަތަރު އަނބިކަނބަލުން މިހާރު ތިއްބަވައެވެ.
ނަހުލާއާއި ކައިވެނި ބައްލަވައިގެންނެވި ފަހުން ހުސްވި އަހަރު ވެސް ގާސިމް ވަނީ ކައިވެންޏެއް ބައްލަވައިގެންފައެވެ. ނަމަވެސް ގާސިމްގެ އަރިހުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހަމައެކަނި އަނބިކަނބަލަކީ ނަހުލާއެވެ. ނަހުލާއަކީ މިހާރުގެ ސަރުކާރުގެ ޓްރާންސްޕޯރޓް މިނިސްޓަރެވެ.
ކިޔުންތެރިންގެ ހިޔާލު