ޕެޓް މާސްޓަރ ނަމަކަށް ކިޔާ ކުންފުންޏަކަށް ގެނައި 130 ދޫނީގެ އިތުރުން، އެހެން ކުންފުންޏަކުން ގެނައި ދޫނިތަކެއްވެސް އަންގާރަ ދުވަހު މަރާލާފައިވާކަން ހާމަވެއްޖެއެވެ.
ރާއްޖޭގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އިއްޔެ އޮތީ ފިޝަރީޒް މިނިސްޓްރީން ދޫނިތަކެއް މަރާލި މައްސަލައެވެ. އަމިއްލަ ވިޔަފާރިއަކުން ގެނައި 130 ދޫނި ފިޝަރީޒް މިނިސްޓްރީން މަރާލީ އެ އެއްޗެހި ގާނޫނާއި ހިލާފަށް އެތެރެކޮށްފައި ހުރުމުންނެވެ. އަދި އެކަން ކުރީ އޭޖީގެ ލަފާގެ މަތިންކަމަށްވެސް ފިޝަރީޒުން ބުނެއެވެ.
މީޑިއާތަކުގައި އިއްޔެ ފުރަތަމަ ދައުރުވީ 130 ދޫނި މަރާލި މައްސަލައެކެވެ. ނަމަވެސް ފަހުން ހާމަވި ގޮތުގައި ފުރަބިތު އެކުއޭރިއަމް އެންޑް ޕެޓްސް ނަމަކަށް ކިޔާ ކުންފުންޏަކުން އެތެރެކުރި 266 ދޫނިވެސް އަންގާރަދުވަހު ވަނީ މަރާލާފައެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިޔާޒު ވަނީ މީޑިއާތަކަށް އެކަން ކަށަވަރުކޮށްދީފައެވެ.
ޕެޓް މާސްޓަރ އާއި ފުރަބިތު އެކުއޭރިއަމް އެންޑް ޕެޓްސްގެ ދޫނިތައް މަރާލާފައިވާއިރު، އެއީ ގާތްގަނޑަކަށް 400 އެއްހާ ދޫންޏެވެ. "ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ބައެއް ފަރާތްތަކުން ގެނެސްފައިވާ ދޫނިތަކެއްވެސް އަންގާރަދުވަހު ވަނީ މަރާލާފައެވެ. ނަމަވެސް އެކަން މުޅިން ކަށަވަރެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި އަންގާރަދުވަހު ފިޝަރީޒް މިނިސްޓްރީން މަރާލި ދޫނިތަކުގެ އަދަދު 500 އަށްވުރެ އިތުރުވާނެއެވެ.
ބޮޑުވެފައިވާ މިމައްސަލައިގެ ތެރެއަށް އެންމެފަހުން ރައީސް އޮފީހުން ވަދެ، އެ މައްސަލަ ބެލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަދައި، ހުށައެޅުމަށް، ފިޝަރީޒް މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދޫނިތައް މަރާލީ ބަންޑާރަ ނައިބު ދެއްވި ލަފަޔާއި އެއްގޮތަށްކަމަށެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދޫނިތައް މަރާލުން ނޫން ގޮތްތައް އެކަމުގައި އޮންނާނެކަމަށެވެ. އެކަމަކު މިނިސްޓްރީއަށް ލަފާ ނުދޭ ކަމަކަށް ބަންޑާރަ ނައިބުވެސް ނުބުނެއެވެ.
މިކަމުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނީ ގަވާއިދާއި ހިލާފަށް އެތެރެކުރާ ދިރޭތަކެތި މަރާލުމުގެ ހުއްދަ ގާނޫނުން ދީފައި އޮތްނަމަވެސް، އެކަންކަން ބަދަލުކުރަންޖެހޭކަމަށެވެ.
ގަވާޢިދާ ޚިލާފަށް އެތެރެކުރާ ދޫނިސޫފާސޫފި މަރާލައި ނައްތާލުމަކީ ރާއްޖޭގައި އަލަށްކުރާ ކަމެއް ނޫނެވެ. ކާޅާއި ވާ މެރުމާއި މީދާ މެރުމަކީވެސް ރާއްޖޭގައި އާންމުކޮށް ކުރަމުން އައި ކަންކަން ނަމަވެސް މިފަހަކުން މިފަދަ ކަންކަމުގައި ގިނަ ދިވެހިންގެ ވިސްނުމާއި ފިކުރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު