މާފުށީ ޖަލުގެ ގައިދީންގެ މެދުގައި ކޯވިޑް ފެތުރުން ހުއްޓުވިއްޖެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ދުވަސްތަކުގައި ޖަލުގައި ވަރަށް ބާރަށް ކޯވިޑް ފެތުރި، ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ. އެގޮތުން މިދިޔަމަހުގެ ތެރޭގައި ޖަލު ވަނީ އެލާޓަށްވެސް ގެނެސްފައެވެ. އަދި ހައި ރިސްކު ގައިދީން ގެއަށްވެސް ބަދަލުކުރިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ މާފުށީ ޖަލުން 272 ގައިދީއަކަށް ބަލިޖެހުނުކަމަށާއި، އޭގެތެރެއިން ފެސިލިޓީއަށް ގެންދަންޖެހުނީ އެންމެ މީހެއްކަމަށެވެ. އަދި ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ގައިދީން ވަނީ ބަލިން ފަސޭހަވެފައިކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެކުރިންވެސް ޖަލުގައި ކޯވިޑްގެ ހާލަތު ގޯސްވެގެން ބައެއް ފިޔަވަޅުތައް ވަނީ އަޅާފައެވެ.
މިފަހަރު ކޯވިޑްގެ ހާލަތު ގޯސްވެގެން ފިޔަވަޅު އެޅީ މިދިޔަމަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން ޖަލުގެ ހާލަތު އާންމު ހާލަތަށް ގެނެވެންދެން ޖަލު ގައިދީންނަށާއި ބަންދު މީހުންގެ އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކާއި ކޯޓު އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެއްސިއެވެ.

މާފުށީ ޖަލުގެ ގައިދީންގެ މެދުގައި ވައިރަސް ފެތުރުން ހުއްޓުވިއްޖެ. އެޖަލުން ކޮވިޑަށް ޕޮޒިޓިވް ހުރިހާ ގައިދީން ވަނީ ބަލިން ފަސޭހަވެފައި. 272 ގައިދީއަކަށް ބަލިޖެހުނު އިރު އެކަކު ވަނީ ފެސިލިޓީއަކަށް ގެންދަން ޖެހިފައި އެނޫން ހުރިހާ ގައިދީންނަށް ފަރުވާ ދެވިފައިވަނީ އެޖަލުގައި.
— Ahmed Mohamed (@ahumadhumohamed) February 9, 2022
މީގެކުރިންވެސް ޖަލުގައި ކޯވިޑްގެ ހާލަތު ގޯސްވެގެން ބައެއް ފިޔަވަޅުތައް ވަނީ އަޅާފައެވެ.
މިފަހަރު ކޯވިޑްގެ ހާލަތު ގޯސްވެގެން ފިޔަވަޅު އެޅީ މިދިޔަމަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން ޖަލުގެ ހާލަތު އާންމު ހާލަތަށް ގެނެވެންދެން ޖަލު ގައިދީންނަށާއި ބަންދު މީހުންގެ އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކާއި ކޯޓު އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެއްސިއެވެ.
ކިޔުންތެރިންގެ ހިޔާލު