ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އެންސިސްއަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތުން ތުހުމަތުތަކެއް ކޮށްފިއެވެ.
ދައުލަތުން މި ތުހުމަތު ކޮށްފައިވަނީ އެންސިސްގެ ބިމެއްގައި މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރުގެ ޖޫންމަހު ހުޅުމާލެއިން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދުގެ ޝަރީއަތުގައެވެ.
އިއްޔެ އޮތް އަޑުއެހުމަކީ އަފްސަލްގެ ބޭސްފަރުވާއަށް އޭނާ ދޫކޮށްލަން އެދިފައިވާތީ، އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. އަފްސަލްގެ ބަންދު ދަމަހައްޓަން ދައުލަތުން އެދިފައިވާއިރު، އެކަމުގައި ސަބަބެއްކަމަށް ދެއްކީ ހެއްކަށް ނުފޫޒު ފޯރުވުމާއި މުޖްތަމައަށް ނުރައްކާވުމެވެ.
ދައުލަތުން ބުނީ މިމައްސަލައިގައި ދެން ހިމެނޭ މުހައްމަދު ޝަރީފަކީ މީގެ ކުރިންވެސް އެންސިސްގެ ގުދަނެއްގެ ތެރޭގައި މަސްތުވާތަކެތި ބަހައްޓައިގެން އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުނުވިނަމަވެސް އެ ފަހަރުވެސް އަފްސަލްގެ ބައިވެރިވުން އޮތްކަމަށް ބެލެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އެފަހަރުގެ މައްސަލަ ސާބިތުނުވީ މައިގަނޑު ހެއްކެއްގެ ގޮތުގައި ހުށަހެޅި އެންސިސްގައި މަސައްކަތްކުރާ ބިދޭސީ މީހާ ރާއްޖޭން ފުރުވައިލުމުން އޭނާގެ ހެކިބަސް ނުލިބިގެން ކަމަށެވެ. އަދި މިފަހަރުގެ މައްސަލައިގައިވެސް ކަންކަން ހިނގަމުންދަނީ އެގޮތަށްކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ. އެގޮތުން މިމައްސަލައިގައި ހެކި ބަސް ދޭން ތިބި އެންސިސްގެ 2 ބިދޭސީ މުވައްޒަފަކު ރާއްޖެއިން ފުރުވާލާފައިވާކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވުން ކުރިއަށްދާކަން ދައުލަތުން ފާހަގަކުރިއެވެ.
ދައުލަތުން ވަނީ އިއްޔެ އޮތް އަޑުއެހުމުގައި އެންސިސްގެ ޑިރެކްޓަރ ވަސީމަކީ އަފްސަލްގެ ތިމާގެ މީހެއްކަންވެސް ފާހަގަކޮށްފައެވެ. އަދި ކުރީގެ މައްސަލައިގައި ހިމެނޭ ދެ ބިދޭސީން ފޮނުވާލި ގޮތަށް މިފަހަރުގެ މައްސަލައިގައި އަމަލުނުކުރުމަށް އެންސިސްގެ ވެރިންނަށް ފުލުހުން ދެންނެވިކަމަށާއި، ނަމަވެސް މިފަހަރުވެސް ކަންކަން ކުރިއަށްދަނީ ކުރިއެކޭ އެއްގޮތަށްކަމަށް ދައުލަތުގެ ވަކީލުން ފާހަގަކުރެއްވިއެވެ.
ނަމަވެސް އެކަމަށް ރައްދު ދެއްވަމުން އަފްސަލްގެ ވަކީލް ވިދާޅުވީ މައްސަލައިގައި ނުހިމެނޭ ކުންފުންޏަކަށް ހެއްކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކުރާނަމަ އެކަން ތަހުގީގްކުރަންޖެހޭނެ ކަމަށެވެ. އަދި އެންސިސްއިން ދެ ބިދޭސީން ފުރުވާލީ މިމައްސަލައަށް ނުފޫޒު ފޯރުވަންކަން އެނގޭނީ އެކަން ތަހުގީގުކުރުމުންކަމަށާއި، އެކަން ތަހުގީގުނުކޮށް އެފަދަ ތުހުމަތެއް ދައުލަތުން ނުކުރެވޭނެކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.
އަޑުއެހުމުގެ މައިގަނޑު ގޮތެއްގައި އޮތީ އަފްސަލްގެ ބޭސް ފަރުވާއަށް އިހުމާލުވާކަމަށް ބުނާ މައްސަލަކަމަށްވާއިރު، ދެ ފަރާތުން ދެއްކި ވާހަކައާއި ހުށަހެޅި ހެއްކަށް ރިޔާއަތްކުރުމަށްފަހު ގާޒީ ނިންމަވާފައިވަނީ ދައުލަތުން އަފްސަލްގެ ބޭސް ފަރުވާއަށް އިހުމާލުވެފައިވާކަމަށެވެ. އެގޮތުން އޭނާގެ ފިޒިއޮތެރަޕީ ހަދަން ޑޮކްޓަރ ލަފާދިންތާ 11 މަސް ވެފައިވާއިރު ވެސް އެކަން އަދިވެސް ކުރިއަށްނުދާކަން ގާޒީ ފާހަގަކުރެއްވިއެވެ. އަދި ޝަރީއަތުން އަމުރުކުރުމުންވެސް ދައުލަތުން އެކަންކޮށްފައިނުވާކަން ގާޒީ ފާހަގަކުރެއްވިއެވެ.
އިއްޔެ އަޑުއެހުމުގައި ގާޒީ ވަނީ ޝަރީއަތް ނިމެންދެން އަފްޒަލް ބަންދުކޮށްފައި ހުރިހުރުން ނިމުމަކަށް ގެނެސް އޭނާ ދޫކޮށްލާފައެވެ. މިމައްސަލައިގައި ދެން ހައްޔަރުކުރި މުހައްމަދު ޝަރީފް ވެސް ވަނީ މީގެކުރިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކޯޓުން ހުއްދަ ދިނުމުން ފުރާފައެވެ.

ކިޔުންތެރިންގެ ހިޔާލު