ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެގެން، ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮޮލިސް ހުސައިން ވަހީދު ރައްދު ދެއްވައިފިއެވެ.
"އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ، 241 ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ އިންޑިއާ ސިފައިން ތިބެގެން ރާއްޖޭގެ ދާހިލީ ކަންކަމަށް އަސަރުކުރާނެ ފަދަ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ދުނިޔޭގެ ސްޓްރެޓެޖިކް ސެކިއުރިޓީ ކަންތައްތަކުގައި އެއް ގައުމުން އަނެއް ގައުމަށް އެހީވުމަށް، އެކި ގައުމުގެ ސިފައިން ހަރަކާތްތެރިވާ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެގެން ދާހިލީ ކަންކަމަށް އަސަރު ނުކުރިނަމަވެސް، އިންޑިއާ އައުޓް ކެމްޕޭނަކީ ދާހިލީ ކަންކަމަށް ނުރަނގަޅު އަސަރު ކޮށްފާނެ ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުން އެހެން ގައުމުތަކުގެ އަސްކަރިއްޔާތައް ގައުމުތަކުގައި ވަޒަންވެރިކުރުވުމުން ލިބޭ ފައިދާއަށްވުރެ ވާގެއްލުން ބޮޑުކަމަށާއި، ދިވެހިރާއްޖެވެސް މިކަމުން އިސްތިސްނާއެއް ނުވާނެކަމަށެވެ.
"ބޭރުގެ އަސްކަރިއްޔާގެ ސަބަބުން ލިބޭ ގެއްލުންތައް ފުރަތަމަކޮޅު ތިއްތިކުރަން އުޅުމަކީ އެކަމުގެ ނުރަގަޅު އަސަރު ގައުމަށް ނުކުރާނެ ކަމަށް ދޭހަވުމެއް ނޫން. އަދި އެއީ ނޭގިގެން ދައްކާ ވާހަކައެއްވެސް ނޫން. ބަޔަކު މަޖުބޫރީ ހާލަތަށް ބަދަލުވީމަ އަނގައިން ނިކުންނަ ބަސްތަކެއް." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ ދޮން ދުނބުރި ދޮން އަނބަކަށް ހަދަން އުޅުމަކީ އަމިއްލަ ނަފުސަށް އޮޅުވާލަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ފާގަތި މުސްތަގުބަލެއް އޮތީ ދިވެހިރާއްޖެއަކީ ދިވެހިންގެ ތަނެއްކަން ހިތުގެ އަޑިން ބަލައިގަނެ ގަބޫލު ކޮށްގެންކަމަށް ވަހީދު ވިދާޅުވިއެވެ.
ސީޕީ ހަމީދަށް ރައްދު ދެއްވަމުން ހުސައިން ވަހީދު ވިދާޅުވީ ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއްނެތްކަމަށް ބުނާބުނުމަކީ ކޮސްގޮވުންކަމަށެވެ. އަދި ބޭރުގެ އަސްކަރިއްޔާ ވަޒަންވެރިވުމާއި ވަޒަންވެރި ކުރުވުމާއި ދެކޮޅަށް ބަސް ބުނުމަކީ ގައުމީ ވާޖިބެއްކަމަށާއި އަދި އެއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
އިންޑިއާ އައުޓް ކެމްޕެއިން މައްސަލަ 241 ކޮމިޓީއަށް މިދިޔަ ޑިސެމްބަރުމަހު ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު