މާލޭގައި ތަރައްގީ ކޮށްފައިވާ 211 ޕާކިން ސްލޮޓަށް އަލުން ކުރިމަތިލާން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެެވެ.
މާލޭ ސިޓީކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެކަމަށް ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިހާރު އިއުލާން ކޮށްފައިވާ ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާ ގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެއް ކަމަށެވެ. މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނެ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ހުޅުވާލާފައިވާ ސްލޮޓް ތަކަކީ ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ސްލޮޓް ތަކެއް ނޫން ކަމަށެވެ.
މާލޭ ސިޓީކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ ކުއްޔަށް ދޫކުރާ 211 ސްލޮޓްގެ ތެރެއިން 25 އިންސައްތަ ސްލޮޓް ހާއްސަކޮށްފައިވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށް ކަމަށެވެ. ކޮންމެ މީހަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.
މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ވަނީ އެކަމަށް އެދި ހުށައަޅާފައެވެ. ސިޓީ ކައުންސިލުން ވަނީ އެމީހުންގެ މެދުގައި ގުރުނަގައި ޕާކިން ސޮލްޓް ލިބޭ ފަރާތްތައް ވެސް ކަނޑައަޅާފައެވެ. އެހެން ނަމަވެސް އޭސީސީން ހުށައަޅާފައިވާ ޝަކުވާތަކެއް ބެލުމަށްފަހު ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށް ސިޓީ ކައުންސިލަށް އެކޮމިޝަނުން ވަނީ އަންގާފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާގެ ފީއެއް ނަގާ ގޮތަށް ވަނީ ހަމަޖަައްސާފައެވެެ.

ކިޔުންތެރިންގެ ހިޔާލު