މި ސަރުކާރުގެ އެންމެ ބާރުގަދަ އަދި ރައީސް ސާލިހުގެ އެންމެ އަރިސް އެއް ވަޒީރު ކަމަށް އަޑުފެތުރިފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަންކުރާ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ފައްޔާޒު ވާދަކުރައްވަން ނިންމަވާފައިވާކަމުގެ އަޑުތައް ފެތުރެން ފަށާފައިވާއިރު، އެ މަގާމަށް 2017 ވަނަ އަހަރު އިންތިހާބުވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ދައުރު މާދަމާއަށް ހަމަވާނެއެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް އެމްޑީޕީން ވަނީ ތާވަލުކޮށްފައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ފައްޔާޒު ވާދަކުރައްވާކަން ބައެއް މަސްދަރުތަކުން ވަނީ ޔަގީންކޮށްދީގައެވެ. ނަމަވެސް ފައްޔާޒުގެ ބަހެއް މިކަމުގައި ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.
މިމަގާމަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރަށްވާފައިވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ.
ވެރިކަމުގެ ކުރީކޮޅު ފައްޔާޒް ފާހަގަވެފައި ވަނީ ރައީސް ނަޝީދުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެގެންދިޔަ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވައްދަން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ފަހުން އެ ދެ ބޭފުޅުންގެ ދެމެދުގައި އޮތް މައްސަލައަށް ވަނީ ފިނިކަމެއް އައިސްފައެވެ.
މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަަން ހޮވުމަށް ބާއްވާ އިންތިހާބާއި ޕާލިމަންޓްރީ ގްރޫޕުގެ އެކި މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅަން ވެސް ވަނީ އެޖެންޑާގައި ހިމަނާފައެވެ.
މިގެއިތުރުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއްވެސް ކަނޑައެޅުން މިރޭގެ ބައްދަލުވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު