އަހުމަދު މަސްނޫމް   10 ފެބްރުއަރީ 2022 - 16:37
އެސްޓީއޯ ރަމަޒާން ބަޒާރު 2022 ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ސޭލް އޮންނާނީ 10 ފެބްރުއަރީ 2022 އިން 30 އޭޕްރިލް 2022 ގެ ނިޔަލަށްކަމަށެވެ. އެސްޓީއޯ ރަމަޒާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލެވެ.

އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ހިތްގައިމު ޑިސްކައުންޓް ތަކެއް އެކުލެވިގެންވާކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ސޭލް ކުރިއަށްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ. އެހެންއަހަރު ތަކާއި ހިލާފަށް، 2022 ވަނަ އަހަރުގެ ރަމަޒާން ބާޒާރުގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަނެވެ.

މި ސޭލްގެ ތެރެއިން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން 40 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ކޮންމެ 1000ރ (އެއްހާސް ރުފިޔާ) ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓްތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެކަކު ހޮވައި އެފަރާތަކަށް ތުރުކީ ވިލާތަށް ދަތުރެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހޮވޭ ފަރާތަށް ދޭނީ ދެމީހަކަށް ދެކޮޅު ޓިކެޓެވެ. މީގެ އިތުރުން ދަތުރުގެ އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ދިނުމަށްވެސް އެސްޓީއޯއިން ވަނީ ނިންމާފައެވެ.



މި ޕްރަމޯޝަންގެ އިތުރު އިނާމްތަކުގެ ތެރޭގައި މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ދޭގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.



2022 ވަނަ އަހަރުގެ ރަމަޒާން ބަޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަންތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުމެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު މިހާރު ފަށާފައިވާއިރު އެސްޓީއޯ ސުޕަރމާޓްގައި ރަމަޒާން ބާޒާރު ސޭލް މާޗް މަހުގައި ފަށާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން