އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ހިފިކަމަށް ތުހުމަތުކޮށް މަހްލޫފްގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ ވަކީލު ހުސައިން ޝަމީމް އުފުލާފައިވާ ދައުވާއެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި 1:30 އަށް ތާވަލުކޮށްފައިވަނިކޮށެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން މަހްލޫފަށް 33،000 ޑޮލަރު (500،000 އަށް ވުރެ ގިނަަ ރުފިޔާ) ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެެވެ.
މަހްލޫފް މިއަދު ވިދާޅުވީ މި ދައުވާއަކީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައިހުރެ ތްރީލައިން ވިޕާއި އެއްގޮތަށް ވޯޓުދިނީ ކުރީގެ ނައިބު ރައީސް އަދީބު ރިޝްވަތުދީގެން ކަމަށްބުނެ، ސިޔާސީ ބަޔަކު އަޑީގައިތިބެގެން އަދީބުގެ ވަކީލު ޝަމީމް ކޮށްފައިވާ ދައުވާއެއްކަމަށެވެ. އަދި މިއީ ވަޒީރު ކަމުގައި އޭނާ ޖިނާއީ ކޯޓަށް ދާންޖެހޭ 2 ވަނަ މައްސަލަކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެެއެެވެ.
މަހްލޫފުގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން އޭނާ މީގެ ކުރިން ވަނީ މަގާމުން ސަސްޕެންޑް ވެސް ކޮށްފައެވެ. އެހެން ނަމަވެސް މަހްލޫފާއިމެދު ގޮތެއް ނިންމުން މާ ބޮޑަށް ލަސްވާ ކަމަށް ބުނެ އެ ސަސްޕެންޝަން ސަރުކާރުން ވަނީ އުވާލާފައެވެ.
އަދީބު ފަތުރުވެރިކަމާބެހޭ ވަޒީރު ކަމުގައި ހުންނެވި އިރު މަހުލޫފު ޕާޓީ ބަދަލު ކުރުމުގެ މުއާމަލާތެއްގައި ދިން ކަމަށް ބުނާ ފައިސާ ތަކެއް އަނބުރާ ނުދީގެން ދެމީހުންގެ ދެމެދުގައި މެސެޖުތަކެއް ބަދަލުކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލަތަކެއް ވެސް އޭރު ފެންމަތިވިއެވެ. މިހާރު ޝަރީޢަތަށް ހުށަޅާފައިވާ މައްސަލައިގައިވެސް އެފަދަ މެސެޖު ތަކެއް ހެކީގެ ގޮތުގައި ވަނީ ހުށައަޅާފައެވެ.

PPM މަޖިލިސް މެމްބަރެއް ގޮތުގައިހުރެ،PPM ގެ ތްރީލައިން ވިޕާއި އެއްގޮތަށް ވޯޓުދިނީ PPMގެ ނައިބު ރައީސް އަދީބު ރިޝްވަތުދީގެންކަމަށްބުނެ،ސިޔާސީ ބަޔަކު އަޑީގައިތިބެގެން އަދީބުގެ ވަކީލު ޝަމީމް ކޮށްފައިވާ ދައުވާއެއް.
— Ahmed Mahloof (@AhmedMahloof) February 10, 2022
މިއީ ވަޒީރު ކަމުގައި އަޅުގަނޑު ޖިނާއީ ކޯޓަށް ދާންޖެހޭ 2 ވަނަ މައްސަލަ https://t.co/rqG9FTj1x0 pic.twitter.com/1YS09LFEEc
މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެެއެެވެ.
މަހްލޫފުގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން އޭނާ މީގެ ކުރިން ވަނީ މަގާމުން ސަސްޕެންޑް ވެސް ކޮށްފައެވެ. އެހެން ނަމަވެސް މަހްލޫފާއިމެދު ގޮތެއް ނިންމުން މާ ބޮޑަށް ލަސްވާ ކަމަށް ބުނެ އެ ސަސްޕެންޝަން ސަރުކާރުން ވަނީ އުވާލާފައެވެ.
އަދީބު ފަތުރުވެރިކަމާބެހޭ ވަޒީރު ކަމުގައި ހުންނެވި އިރު މަހުލޫފު ޕާޓީ ބަދަލު ކުރުމުގެ މުއާމަލާތެއްގައި ދިން ކަމަށް ބުނާ ފައިސާ ތަކެއް އަނބުރާ ނުދީގެން ދެމީހުންގެ ދެމެދުގައި މެސެޖުތަކެއް ބަދަލުކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލަތަކެއް ވެސް އޭރު ފެންމަތިވިއެވެ. މިހާރު ޝަރީޢަތަށް ހުށަޅާފައިވާ މައްސަލައިގައިވެސް އެފަދަ މެސެޖު ތަކެއް ހެކީގެ ގޮތުގައި ވަނީ ހުށައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު