ރައްޔިތުންގެ މަޖިލީސް ބޭއްވުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ އެފަރާތަކާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމަވާފައި ވީ ނަމަވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް މިވަނީ ކޮންމެވެސް ވަރަކަށް އެކަމާއި ޚިޔާލު ތަފާތުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ މަޖިލިސްކުރާ ގޭގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމާފައި ވަނިކޮށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އިން ބުނެފައި ވަނީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމާމެދު މަޖިލީހުގެ އިދާރާއިން އެޗްޕީއޭ އާއި މަޝްވަރާކޮށްފައި ނުވާކަމަށެވެ.
އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާތައް، މަޖިލީހުގެ ތަޅުމުގައި ބޭއްވުމަކީ ޤާނޫނާ ޚިލާފުކަމެއްކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވަނީ އެ ފަރާތްތަކަށް ގާނޫނީ ގޮތުން ހެކި ދައްކަވައި ރައްދު ދެއްވާފައެވެ.
އާޒިމް ވިދާޅުވި، "ރައްޔިތުންގެ މަޖިލީސް ބޭއްވުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ އެފަރާތަކާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ މައްޗަށް ލާޒިމް ކަމެއް" ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަހެއް ނޭޅޭނެ ކަމަށް ޢަލީ އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަތަކަށް ބާރު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަލްއުސްތާޛު މޫސާ ސިރާޖު ވިދާޅުވީ، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް މަޖިލިސް ހިންގޭ ކަމަށެވެ.
"ވެބް ކޮންފަރެންސްކޮށް މަޖިލިސް ހިންގަންފެށުމުގެ މާކުރިން މިއުސޫލު ކަނޑައެޅިފައިވޭ. ރައްޔިތުންގެ މަޖިލީހުން ބޭނުންވީމަ، ޖަލްސާ މަޖިލިސް ކުރާ ގޭގަ ބޭއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮތް ކަމަކަށް ނުދެކެން." މޫސާ ސިރާޖް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އަދި ޤާނޫނީ ވަކީލު އިމްތިޔާޒް ފަހުމީ ވަނީ، ރައީސް މުޙައްމަދު ނަޝީދު މިފަހަރު މި އުފެއްދެވީ ޤާނޫނީގޮތުން އާދަޔާޚިލާފު މޮޅު ސުވާލެއްކަމަށް ވިދާޅުވެފައެވެ.
މަޖިލީސް ބޭއްވުމުގެ މައްސަލާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ޤާނޫނީ ސުވާލުތަކެއް އުފައްދަމުން ދާއިރު މަޖިލިސް ބޭއްވުމާމެދު މަޖިލީހުގެ އިދާރާއިން ނިންމާފައިވާ ނިންމުމާމެދު ދަޢުލަތުގެ އިތުރު އިދާރާއަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު