އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ނެތްކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް އެމަނިކުފާނު ވާދަކުރައްވާނެކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.
ޝާހިދު ވިދާޅުވީ އިތުރު މަގާމަކަށް ވާދަކުރެއްވުމުގެ ޝައުގެއް މިވަގުތު ނެތްކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާންކުރަށްވާފައިވަނީ މިހާތަނަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ. އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒުވެސް އެމަގާމަށް ވާދަކުރައްވާނެކަމުގެ އަޑުތައް ވަނީ ފެތުރެން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު