ކުޑަކުދިން ބެލުމަށް ހާއްސަ ޑޭ ކެއާ ސެންޓަރެއް ހުޅުމާލޭގައި ހަދާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ބޯގަންވިލާ މަގުގެ ލޮޓު ނަންބަރު 10949 ގައި ކަމަށެވެ.
ޑޭ ކެއާ ސެންޓަރު ތަރައްގީ ކުރުމަށް އެޗްޑީސީގެ ބިޒްނަސް މޮޑެލަކީ ޑިވެލޮޕްމަންޓް އެންޑް ލީސް ރައިޓްސް އެވެ. އެއީ އެތަން ތަރައްގީ ކުރުމާއި ކުއްޔަށް ދިނުމުގެ ހައްގު ތަރައްގީ ކުރާ ފަރާތައް ލިބިދޭ ގޮތަށެވެ. ނަމަވެސް އެ ނޫން ގޮތްގޮތަށް ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެެ. އެޗްޑީސީގެ އިއުލާނުގައި ބުނެފައި ވަނީ ކޮންމެ ގޮތަކަށް ޕްރޮޕޯސަލެއް ހުށަހެޅި ނަމަވެސް ދެ ފަރާތަށް ލިބޭ މަންފާތަށް ޕްރޮޕޯސަލްގައި ސާފުކޮށް ބަޔާން ކުރަންޖެހޭނެ ކަމަށެވެ.
ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި ޑޭ ކެއާ ސެންޓަރެއް ހަދަން މިދިޔަ އޮކްޓޯބަރ މަހު ވެސް އެޗްޑީސީން ވަނީ އިއުލާން ކޮށްފައެވެ. ހިޔާ ފްލެޓްތަކުގެ ތިން ވަނަ ޓަވަރުގެ ކޮމާޝަލް ޖާގައިގައި ޑޭ ކެއާ ސެންޓަރެއް ހެދުމަށް 2100 އަކަފޫޓް އެޗްޑީސީން ހަމަޖައްސައި ދޭނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު