އައްޑޫގައި ހުޅުވާ ޕޮލިސް އެކެޑެމީއާއެކު ފުލުހުން ތަމްރީނަށް ކުރާ ހޭދަ ބޮޑުވެ، ތަމްރީނުތައްވެސް ވަރުގަދަ ވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ރޭ ވިދާޅުވެެއްޖެއެެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިހެން ވިދާޅުވީ ފުލުހުންގެ 33 ވަނަ އިނީޝިއަލް ތަމްރީން ޕްރޮގްރާމް ނިންމުމަށް ދ. ވާނީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ހޯމް މިނިިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހަދަމުން އަންނަ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ މަސައްކަތްތައް ފެށުމާއެކު ފުލުހުން ތަމްރީނަށް ކުރާ ހޭދަ ބޮޑުވެ، ތަމްރީނުތަައް ވަރުގަދަވެ މިހާރަށް ވުރެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަސައްކަތްތައް ފެށުމާއެކު ފުލުހުންގެ ތަމްރީނުތަކަކީ ވަރަަށް ހަރުދަނާ ޓްރޭނިންތަކަކަށް ވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"އާ އެކަޑަމީއާއެކު، ދައުލަތުން މީގެ ކުރިން ފުލުހުން ތަމްރީން ކުރުމަށް ހޭދަ ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރާނެ. މިކަން ވަނީ ދައުލަތުގެ ބަޖެޓުގައި ކަނޑައެޅިފައި." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އާ އެކަޑަމީ ބޭނުންކުރަން ފެށުމާއެކު ފުލުހުންގެ ޕްލޭނުގައިވާ ގޮތަށް އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަށީގެންވާ ތަމްރީންތައް ދިނުމާއި ފުލުހުންގެ ތަހުގީގީ ދާއިރާ މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ކަމަށެވެ.
އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކެޑެމީއަކީ އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހަރަދުކުރާ މަޝްރޫއަކީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުކެެވެ. އެތަނުގައި ހުންނާނެ ވަސީލަތްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނޭ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު