ޖެންޑަރ އިކްއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރަން ފެށުމުން ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފުލިބުން އިތުރުވެގެންދާނެ ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާާވިސަސް އާއިޝަތު މުހައްމަދު ދީދީ މިހެން ވިދާޅުވީ 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ނިންމުމުގެ ގޮތުން ދ. ވާނީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް ޖެންޑަރ އިކްއަލިޓީ އެކްޝަން ޕްލޭނެއް ވަޒީރުންގެ މަޖިލީހަށް މިހާރު ހުށައަޅުއްވާފައިވާ ކަމަށެވެ.

މި އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ޖެންޑަރ އިކްއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ގެވެށި އަނިޔާގެ ޝިކާރަ އަށްވާ އަންހެނުންނާއި ފިރިހެނުންނަށް ލިބޭ އަނިޔާގެ މައްސަލަތަށް ތަހުގީގް ކުރުމާއި ދައުވާ ކުރުމުގެ މަރުހަލާތަށް ހަރުދަނާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



"މިއެކްޝަން ޕްލޭންގެ ދަށުން އަންހެނުންނާއި ފިރިހެނުންނަށް ލިބޭ ގެވެށި އަނިޔާގެ މައްސަލަތައް ތަހުގީގް ކުރުމާއި ޕްރޮސެކިއުޝަންގެ މައްސަލަތައް ހަރުދަނާ ކުރެވި އިންސާފު ލިބޭ ފަރާތްތަކުގެ އަދަދު އިތުރުވެގެންދާނެ. މިހާރު ތަފާސް ހިސާބުތައް ދައްކާގޮތުން އަޅުގަނޑުމެންނަށް 3 ޕަސެންޓް ވެސް ތަހުގީގާއި ހަމަޔަށް ނުވަތަ ތަހުގީގް ނިންމާފައި ދައުވާ ކުރުމުގެ މަރުހަލާ އިންސާފު ހޯދުމާ ހަމަޔަކަށް ިިނުގެންދެވޭ. މިއީ އަޅުގަނޑުމެން ރަނގަޅު ކުރަންވީ މަސައްކަތެއް." ޖެންޑަރ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތް ލާމަރުކަޒުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިޖްތިމާއީ ބަދަހި މަދަދުވެރިން ނުވަތަ "އިބަމަ" އުފެއްދުމަށް މަސަައްކަތް ކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އޭރުން އެރަށެއްގެ މުވައްސަސާތައް ގުޅިގެން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ ޕްރިވެންޝަން ނުވަތަ ވިޔަ ނުދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އިބަމަ، ފުލުހުންގެ ނެއިބަހުޑް ޕޮލިސް އާއި ވަރަށް ތިމާގެ މަސައްކަތެއް، ފުލުހުންގެ ބައިވެރިވުމާއެކު ހަވާސާގައި ތިބި ފަރާތްތަށް އިތުރަށް ނިކަމެތި ވެގެންދިޔަ ނުދިނުމާއި އިބަމައިންނާއި ނެއިބަހުޑް ޕޮލިސިންގް ގުޅިގެން ހާސިލް ކުރެވިދާނެ ނަތީޖާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ގިނަ މުވައްސަސާތައް ތަމްސީލްކުރާ "އިބަމަ" އިން މުހިންމު ހިއްސާދާރެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު