ވޯޓްލާ މީހުންގެ 70 ޕަސެންޓް ރައްޔިތުން ނޫނެކޭ ބުނާ މީހަކަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ކުރީގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެެވެ.

ދީދީ މިހެން ވިދާޅުވީ އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެެވެ. އެގޮތަށް އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.

ރައީސް ނަޝީދުގެ އެ ޚިޔާލުފުޅާ ދެކޮޅު ހައްދަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ގާނޫނު އަސާސީގައި އޮތީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި އެ ބާރު ދެމި އޮންނާނީވެސް އެ ގޮތުގައި ކަމަށާއި 30 ޕަސެންޓް ރައްޔިތުންގެ ވޯޓަކީ މެޖޯރިޓީއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.



"ތިރީސް ޕަސެންޓައީ ރައްޔިތުންގެ މެޖޯރިޓީއެއް ނޫން. 70 ޕަސެންޓް ނޫނެކޭ ބުނާ މީހެއް ނޫން ވެރިކަމުގައި ހުންނަން ވާނީ." ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ އެ އުސޫލަށް ގާނޫނު އަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީން އަބަދަށް ވެރިކަމުގައި ތިބުމަށެވެ. ރައީސް ނަޝީދު ގެންދަވަނީ އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލު ނުކޮށް އެމްޑީޕީއަށް ވެރިކަމުގައި ނުތިބެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ހުސެން

16-Feb-2022

ކޮބާތަ އެ އުޅޭ މާރިއާ ސީދީ


2

އިބްރޭ

16-Feb-2022

ކޮބާތަ އެ ޝަމާލު


-5

ާއަލިހޮއްކޮ

16-Feb-2022

ތިހެންވިއްޔާ ކުރިޔައް އޮތް ދުވަސްތަކުގައި ދެން ވެރިކަންކުރާނީ މިހާރު ވެރިކަން ކުރާ ބައެއްކަމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުން ރަގަޅުވާނެއެވެ.