ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދިނުމަށް އެދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަޖިލީހަށް ހުށައަޅައިފިއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ އެލްޖީއޭގެ ބޯޑު ބައްދަލުވުމެއްގައި ތިނަދޫ ކައުންސިލުން "ތިނަދޫ ރަށުު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް" ބޭނުންވާ ލިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ލިޔުންތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ފަހު، މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރުމަށް ފަހު މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައިވެއެވެ. މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިދިނުމުގެ އިންތިޒާމް ހަަމަޖެއްސުމަށް އެލްޖީއޭއިން ވަނީ މަޖިލީހުގައި އެދިފައެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަށް ދިނުމަށް އެ ރަށު ކައުންސިލުން މީގެ ކުރިން ވެސް ވަނީ ގޮވާލާފައެވެ. ތިނަދޫ ކައުންސިލުން ބުނީ އެކަމާ ގުޅޭ ގޮތުން ކައުންސިލުން ކުރަން ޖެހޭ ކަންކަން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. ސިޓީއެއްގެ ދަރަޖަ ދިނުމުގައި އެންމެ މައިގަނޑު އެއް ކަމަކަށް ބަލަނީ އާބާދީ 10،000 އަށް ވުރެ ގިނަ ވުމެވެ.



ކިޔުންތެރިންގެ ހިޔާލު