ސައިންސްގެ ދާއިރާއިން އަންހެނުންނާނި އަންހެން ކުދިން ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރިއަށްގެންދާ ސިލްސިލާ ވީޑިއޯ ޕޮޑްކާސްޓް ސީރީޒްގެ ތެރެއިން، "ވިމެން އިން ސައިންސް ޑޭ"އާ ގުޅުވައިގެން ގެނެސްދިން ވީޑިއޯ ޕޮޑްކާސްޓެއްގައެވެ.
ސައިންސްގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން "ވިމެން އިން ސައިންސް ޑޭ" ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީމަހުގެ 11 ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޝާހިދު ގެނަސްދެއްވި ވީޑިއޯ ޕޮޑްކާސްޓްގައި ބައިވެރިވެވަޑައިގެންނެވީ ކެނެޑާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ރޮބާޓޭ ބޮންޑާ، 76އ އެވެ. އެސްޓްރޮނޯޓެއްގެ އިތުރުން އޭނާއަކީ ނިއުރޯލޮޖިސްޓެއްވެސް މެއެވެ.
ޕޮޑްކާސްޓް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިދުވަސް ފާހަގަކުރުމުގެ ގޮތުން އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ބޭނުންފުޅުވަނީ މުޅި ފެބްރުއަރީމަސް އެކަމަށް ހާއްސަކުރަށްވަން ކަމަށެވެ. އެގޮތުން ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަށް އިތުރަށް ކުރަންވީ މަސައްކަތްތަކާއި ރަނގަޅުކުރަންވީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
"ސައިންސްގެ ދާއިރާއިން އިތުރު އަންހެނުންނާއި އަންހެން ކުދިން ދާއިރާއަށް ނެރެ ކުރިއަރުވަން. އަދި އެ ފަރާތްތަކަށް ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރުމަށް. އަދި މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމަށް ހިތްވަރު ދިނުމަށް." މި ދުވަސް ފާހަގަކުރުމުގެ މުހިންމުކަން ހާމަކުރަށްވަމުން ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ އެންމެފަހުން ބޭއްވި ކޮޕް ސަމިޓުގެ ތެރެއިން އަންހެން ސައިންޓިސްޓުންތަކަކާއި ބައްދަލުކޮށްލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ވެސް ފާހަގަ ކުރަށްވާފައެވެ.
"އެމީހުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރި، އަދި ގޮންޖެހުންތަކާއި ކުރިމަތިލި ގޮތާއި އެފަދަ ގޮންޖެހުންތަކާއި މިހާރު ކުރިމަތިލަމުންދާ ގޮތް ކިޔައިދިން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަންހެނުންނަށްވެސް ކަންކަން ވާނެކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތްކަމަށެވެ. އަދި މިއީ މިއަދުވެސް އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުން، ހާއްސަ ގޮތެއްގައި ޒުވާން އަންހެން ކުދިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"އުއްމީދަކީ މި ގޮންޖެހުންތައް އެންމެން ގުޅިގެން ނައްތާލުން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވީޑިއޯ ޕޮޑްކާސްޓްގައި ބައިވެރި ކެނެޑާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ރޮބާޓޭ ބޮންޑާ ވަނީ، އޭނާ ސްޕޭސް ސައިންސްގެ ދާއިރާއަށް ޝައުގު އުފެދުނު ގޮތާއި އެކަމުގައި ދިމާވި ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތް ގޮތް ކިޔައިދިނުމުގެ އިތުރުން ޒުވާނުންނަށް ގިނަ މެސެޖްތަކެއް އޭނާ ދިނެވެ.

In honor of the International Day for #WomenInScience, I had the opportunity to have a conversation with Dr. @RobertaBondar, a Canadian astronaut and neurologist.
— UN GA President (@UN_PGA) February 11, 2022
I hope this video inspires young girls around the world to pursue careers in the STEM field and beyond. pic.twitter.com/LogvQy43Bt
ޝާހިދު ވަނީ އެންމެފަހުން ބޭއްވި ކޮޕް ސަމިޓުގެ ތެރެއިން އަންހެން ސައިންޓިސްޓުންތަކަކާއި ބައްދަލުކޮށްލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ވެސް ފާހަގަ ކުރަށްވާފައެވެ.
"އެމީހުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރި، އަދި ގޮންޖެހުންތަކާއި ކުރިމަތިލި ގޮތާއި އެފަދަ ގޮންޖެހުންތަކާއި މިހާރު ކުރިމަތިލަމުންދާ ގޮތް ކިޔައިދިން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަންހެނުންނަށްވެސް ކަންކަން ވާނެކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތްކަމަށެވެ. އަދި މިއީ މިއަދުވެސް އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުން، ހާއްސަ ގޮތެއްގައި ޒުވާން އަންހެން ކުދިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"އުއްމީދަކީ މި ގޮންޖެހުންތައް އެންމެން ގުޅިގެން ނައްތާލުން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވީޑިއޯ ޕޮޑްކާސްޓްގައި ބައިވެރި ކެނެޑާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ރޮބާޓޭ ބޮންޑާ ވަނީ، އޭނާ ސްޕޭސް ސައިންސްގެ ދާއިރާއަށް ޝައުގު އުފެދުނު ގޮތާއި އެކަމުގައި ދިމާވި ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތް ގޮތް ކިޔައިދިނުމުގެ އިތުރުން ޒުވާނުންނަށް ގިނަ މެސެޖްތަކެއް އޭނާ ދިނެވެ.
ކިޔުންތެރިންގެ ހިޔާލު