ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓް ލިބުނަސް ވެރިކަމަށް އާދެވޭގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައި ނަމަވެސް އެމްޑީޕީއަށް ދެން ވެރިކަމަށް ނާދެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރ. މީދޫގައި އިދިކޮޅު ޕީޕިއެމުން މިއަދު ހަވީރު ބޭއްވި އިންޑިޔާ އައުޓް ރެލީގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ ތާއިދެއް ނެތް ކަމަށާއި، ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުން އެކަން ހާމަވެފައިވާ ކަމަށެވެ.
އެގޮތުން މުޅި ދައުލަތާއި ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކަކާއި މަސައްކަތް ކޮށްގެން ވެސް ލިބުނީ 47 ޕަސެންޓް ވޯޓް ކަމަށާއި އެކަމުން ރައްޔިތުންގެ ތާއިދު ސަރުކާރަށް ނެތް ކަން ހާމަވެފައިވާ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޔާމިން ގިނިކައްޏާ ނުކުމެވަޑައިގެން 40 އިންސައްތައަށް ވުރެ މަތިން ވޯޓް ހޯއްދެވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެމްޑީޕީގެ ސައިޒަކީ އެންމެ ތިރީސް ޕަސެންޓް ކަމަށެވެ.
"އެހެންވީމަ ތިރީސް ޕަސެންޓުން ވެރިކަމަށް އަންނަން ވެގެން ގާނޫނު އަސާސީ އިސްލާހު ކުރަން އެ މަސައްކަތް ކުރަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިރީސް ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ހެދިޔަސް އިރާދަކުރެއްވިއްޔާ ދެން މި ގައުމުގެ ވެރިކަމާ ކުޑަ ބޭރުވެސް އެމްޑީޕީއަކަށް ނޭރޭނެޔޭ. ރައްޔިތުން ތިބީ އެޔަށްވުރެ ހޭލާ." ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތަށް އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެބަދަލު ގާނޫނު އަސާސީއަށް ގެންނަންޖެހެނީ އެމްޑީޕީ އަބަދަށް ވެރިކަމުގައި އޮތުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު