ބައެއް ފަރާތްތަކުން ބޭނުންވަނީ 30 އިންސައްތަ ނުލިބުނަސް 30 އަހަރު ވެރިކަންކުރަންކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވެރިކަންކުރާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ނުސީދާ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
އަލީ ޒައިދު މިފަދަ ބަހުގެ ހަމަލާއެއް ދެއްވާފައި މިވަނީ އެމްޑީޕީން އަބަދު ވެރިކަމުގައި އޮންނަން ބޭނުންވާނަމަ ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިހާބުވާން ބޭނުންވާ އިންސައްތަ 30 އިންސައްތައަށް ކުޑަކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.
މިކަމަށް ރައްދު ދެއްވަމުން އަލީ ޒައިދު ވިދާޅުވީ 30 އަހަރުގެ ވެރިކަން ބަދަލުކުރަން އެބޭފުޅުން ގޮވާލަމުން ދިޔައީ ވެރިކަމަކީ ދިގުކޮށްކުރަން ހެޔޮވާވަރު އެއްޗެއް ނޫންކަމަށް ބުނެކަމަށެވެ. ނަމަވެސް އެހެން ވިދާޅުވި ބޭފުޅުންނާ ވެރިކަންކުރަން ޖެހުނީމާ އެކަން ބަދަލުވެއްޖެކަމަށް ޒައިދު ވިދާޅުވިއެވެ. އަދި މިހާރު އެ ބޭފުޅުން ބޭނުންވަނީ 30 އިންސައްތަ ނުލިބުނަސް 30 އަހަރަށްވެރިކަން ކުރައްވަންކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ ބައެއް ބޭފުޅުން އޭރުވެސް މިހާރުވެސް އިސް ކުރައްވަނީ އަމިއްލަ މަޞްލަހަތުކަމަށެވެ.
އިސްކަންދަރު ސްކޫލުގައި އިއްޔެ ރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ހުށައަޅަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އިސްލާޙުތައް ކަމަށް ވިދާޅުވެ ގިނަ ކަންތައްތަކެއް ފާހަގަކުރަށްވާފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށާއި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 އިންސައްތަ ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ހުށައެޅުއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ހުށައެޅުއްވުމުގެ ބޭނުންފުޅަކީ އެމްޑީޕީ ގިނަދުވަހު ވެރިކަމުގައި ދެމިއޮތުން ކަމަށެވެ.

30 އަހަރުގެވެރިކަން ބަދަލުކުރަން ބުނީވެރިކަމަކީ ދިގުކޮށްކުރަން ހެޔޮވާވަރު އެއްޗެއްނޫންކަމަށް! އެކަމަކު އަމިއްލަ ނަފްސާޖެހުނީމާ އެއްކޮށްބަދަލުވެއްޖެ! މިހާރު ބޭނުންވަނީ %30ނުލިބުނަސް 30 އަހަރަށްވެރިކަން ކުރައްވަން! އަބަދުވެސް އިސްކުރައްވަނީ އަމިއްލަމަޞްލަހަތު! އޭރުވެސް މިހަަރުވެސް!
— Ali Zaid (@alizaid1000) February 11, 2022
ޒައިދު ވިދާޅުވީ ބައެއް ބޭފުޅުން އޭރުވެސް މިހާރުވެސް އިސް ކުރައްވަނީ އަމިއްލަ މަޞްލަހަތުކަމަށެވެ.
އިސްކަންދަރު ސްކޫލުގައި އިއްޔެ ރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ހުށައަޅަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އިސްލާޙުތައް ކަމަށް ވިދާޅުވެ ގިނަ ކަންތައްތަކެއް ފާހަގަކުރަށްވާފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށާއި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 އިންސައްތަ ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ހުށައެޅުއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ހުށައެޅުއްވުމުގެ ބޭނުންފުޅަކީ އެމްޑީޕީ ގިނަދުވަހު ވެރިކަމުގައި ދެމިއޮތުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު