މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ސަރުކާރުގެ ވެރިން ބައްލަވާލައްވައިފިއެވެ.

މާޅޮހު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

540 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެމަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި ރައީސް އޮފީހުގެ މިނިސްޓަރ ހަސަން ސަމީރު އެރަށަށް ވަޑައިގެންފައިވާކަމަށެެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެފަހުގެ މައުލޫމާތު އެ ބޭފުޅުން އޮޅުންފިލުއްވާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.



ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.

މި މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހަށެވެ.



ކިޔުންތެރިންގެ ހިޔާލު