މިދިިޔަމަހު 151 މީހެއްގެ މައްޗަށް، 46 ބާވަތުގެ، 224 ޖިނާއީ ދަޢުވާ، ތަފާތު 36 ކޯޓަކަށް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މިއަދު ވަނީ މިދިޔަމަހު ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކުރި ބައެއް މަސައްކަތްތަކާއި ކޯޓުގައި އެކަންކަން ހިނގަމުންދާ ގޮތުގެ ތަފާސް ހިސާބުތައް މިއަދު އާއްމުކޮށްފައެވެ. ޝަމީމް ވިދާޅުވީ ކޮންމެ މަހެއްގައިވެސް މި ތަފާސް ހިސާބުތައް އާއްމުކުރައްވާނެކަމަށެވެ.
ޝަމީމް އާއްމުކުރެއްވި މައުލޫމާތުތަކަށް ބަލާއިރު މިދިޔަމަހު ތަފާތު 58 ބާވަތުގެ 145 މައްސަލައިގައި ފުލުހުން ޕީޖީ އޮފީހާ މަޝްވަރާ ކޮށްފައި ވެއެވެ. އޭގެތެރެއިން 130 މައްސަލައިގައި ގޮތެއް ނިންމާފައިވެއެވެ. އެގޮތުން 47.69 އިންސައްތަ ނުވަތަ 62 މައްސަލަ ގައި މަޢުލޫމާތު ފުރިހަމަވެގެން ދައުވާ ކުރުމަށާއި، 13.85 އިންސައްތަ ނުވަތަ 18 މައްސަލައިގައި ދައުވާއެއް ކުރެވެން ނެތްކަމަށާއި، 38.46 އިންސައްތަ ނުވަތަ 50 މައްސަލައިގައި އިތުރު މަޢުލޫމާތު ސާފުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީގެ ހިސާބުތަކުން ދައްކައެވެ.
ޝަމީމް ވިދާޅުވީ މިމަސައްކަތްތަކުގައި ޕީޖީ އޮފީހުގެ 75 ވަކީލުން މަސައްކަތް ކުރައްވާފައިވާކަމަށާއި އެންމެ ގިނަ މައްސަލަ ދިރާސާ ކުރެއްވީ، ރ. ދުވާފަރުގައި އަލަށް އުފެއްދި ޕީޖީ އޮފީހުގެ ގޮފިން އަލްއުސްތާޛު ރިމާޙު މުޙައްމަދު (6 މައްސަލަ) ކަމަށެވެ. އަދި އެވްރެޖްކޮށް މައްސަލައެއްގައި ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރަކު ނަގާފައިވަނީ 4.40 ދުވަސްކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީޟް ވިދާޅުވީ މިދިޔަމަހު 151 މީހެއްގެ މައްޗަށް، 46 ބާވަތުގެ، 224 ޖިނާއީ ދަޢުވާ، ތަފާތު 36 ކޯޓަކަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެންމެ ގިނައިން ހުށަހެޅިފައި އޮތީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު 97 މައްސަލައާއި، ޑްރަގް ކޯޓަށް 47 މައްސަލައާއި ހުޅުމާލޭ ކޯޓަށް 16 މައްސަލަކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން މިމައްސަލަ ތަކުގައި ތުހުމަތުކުރެވޭ މީހުންގެ އެވްރެޖް ޢުމުރަކީ 29.97 އަހަރުކަމަށް ޝަމީމު އާންމުކުރެއްވި ތަފާސް ހިސާބު ތަކުގައި ވެއެވެ. އަދި އެއްދުވަހެއްގެ ތެރޭގައި، އެންމެ ގިނައިން މައްސަލަ ހުށައަޅާފައިވަނީ 13 ޖަނަވަރީ 2022 (ބުރާސްފަތި) ދުވަހު ކަމަށާއި އެދުވަހު ޖުމުލަ 23 މައްސަލަ ހުށައަޅާފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މިދިޔަމަހު ރާއްޖޭގެ ހުރިހާ ކޯޓުތަކަކުން ނިންމިފައިވަނީ ޖުމުލަ، 159 މީހެއްގެ މައްޗަށް ހުށަހެޅި 169 ދަޢުވާ ކަމަށެވެ. އޭގެ ތެރެއިން 58 އިންސައްތަ މައްސަލައަކީ ޑްރަގް ކޯޓުން ނިންމި މައްސަލަކަމަށާއި އެއީ 98 މައްސަލަ ކަމަށް ވެސް ޝަމީމުގެ ހިސާބުތަކުގައި ވެއެވެ. ބާކީ އޮތް 42 އިންސައްތަ ނުވަތަ 71 މައްސަލައިގެ ތެރެއިން 15 އިންސައްތަ ނުވަތަ 26 މައްސަލައަކީ ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ކަމަށް ޕީޖީ ވިދާޅުވެފައި ވެއެވެ. ކްރިމިނަލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމެވީ ފަނޑިޔާރު އާދަމް މުޙައްމަދު (9 މައްސަލަ)، ފަނޑިޔާރު ދީބާނާޒް ފަހުމީ (6 މައްސަލަ)، އަދި ފަނޑިޔާރު އިސްމާޢީލް ޝަފީޢު (5 މައްސަލަ) ކަމަށް ޝަމީމުގެ ހިސާމުތަކުން ދައްކައެވެ. މެޖިސްޓްރޭޓް ކޯޓުތަކުން އެންމެ ގިނަ މައްސަލަ ނިންމެވީ ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހީމް ޝަކީބް (5 މައްސަލަ) އެވެ.
ޝަމީމް ވިދާޅުވީ ޑްރަގް ކޯޓު ފިޔަވައި، އެހެނިހެން ކޯޓުތަކުން ނިންމެވި މައްސަލަތަކުގެ ތެރެއިން 69 އިންސައްތަ މައްސަލަ ސާބިތުވިކަމަށާއި 24 އިންސައްތަ މައްސަލަ ނިމުނީ ސާބިތުނުވެކަމަށެވެ. އަދި 7 އިންސައްތަ މައްސަލަ އަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާފައިވާ މައްސަލައެވެ. ސާބިތުވެގެން ނިމުނު މައްސަލަތަކުގެ ތެރޭގައި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ 2 މައްސަލައެއް ހިމެނެއެވެ. އެއީ، ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުން 4 ޖަނަވަރީގައި ނިންމެވި މައްސަލައަކާއި ކްރިމިނަލް ކޯޓުން 31 ޖަނަވަރީ ގައި ނިންމެވި މައްސަލައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަމަހު 1001 ޖިނާއީ އަޑުއެހުން ޝެޑިއުލްކުރެވުނެވެ. މިއިން ކޮންމެ އަޑުއެހުމަކަށް ޕީޖީ އޮފީހުގެ ވަކީލަކު ޢައްޔަނުކުރެވިފައިވެއެވެ. އަދި މީގެތެރެއިން ބޭއްވުނީ 46.05 އިންސައްތަ (461) އަޑުއެހުމެވެ. އެކި ސަބަބުތަކާހުރެ 53.95 އިންސައްތަ (540) އަޑުއެހުން ކެންސަލްވިއެވެ. އެންމެ ގިނަ އަޑުއެހުން ކެންސަލްވެފައިވަނީ ކްރިމިނަލް ކޯޓުގައެވެ. އެއީ 272 މައްސަލައެވެ.
އެންމެ ގިނަ ކޯޓުގައި އެއްދުވަހާ މަސައްކަތް ހިނގީ 24 ޖަނަވަރީ ދުވަހު ތަފާތު 20 ކޯޓެއްގައި، 49 އަޑުއެހުމެވެ. އެދުވަހު ބޭއްވިފައިވަނީ 15 އަޑުއެހުމެވެ. 34 އަޑުއެހުންވީ ކެންސަލެވެ.
ޖުވެނައިލް ކޯޓުގައި މިދިޔަ މަހު ޝެޑިއުލް ކުރެވުނީ 15 އަޑުއެހުމެވެ. ބޭއްވުނީ 8 އަޑުއެހުމެކެވެ. އެއީ، ފަނޑިޔާރު ސަޢީދު އިބްރާހީމް ބޭއްވެވި 4 އަޑުއެހުމަކާއި، އެހެން ކޮންމެ ފަނޑިޔާރަކު އެއް އަޑުއެހުމެވެ.

ކިޔުންތެރިންގެ ހިޔާލު