ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާރސަންކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަކުރަށްވައި އެ މުއްދަތުގައި އެ ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް އަލްއުސްތާޛު ޙަސަން ލަޠީފަށް އެމްޑީޕީން ޝުކުރު އަދާކޮށްފިއެވެ.

އަލްއުސްތާޛު ޙަސަން ލަޠީފް ޗެއާޕާރސަންކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއެކު އެ މަޤާމާ ޙަވާލުވެވަޑައިގެންފައި ވަނީ 12 ފެބްރުއަރީ 2017 ވަނަ ދުވަހުގައެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ހަސަން ލަތީފަކީ އެ ޕާޓީގެ ޗެއާޕާރސަންކަމުގެ 5 އަހަރު ދުވަހުގެ މުއްދަތު މިހާތަނަށް އެއްކޮށް ފުރިހަމަކުރެއްވި ހަމައެކަނި ޗެއާޕާސަން ކަމަށެވެ.

އެގޮތުން ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވައި، އެ މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް އޭނާ ގެންނަވާފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން އިދާރީ މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންގެ މެދުގައި މަޞްލަޙަތު ހިފެހެއްޓެވުމަށް އަދާކުރެއްވި ޒިންމާއިން ފެށިގެން ޕާޓީގެ އެކިއެކި ގުނަންތައް ވަރުގަދަކުރެއްވުމާއި މެމްބަރޝިޕް އިތުރުކުރެއްވުމާއި ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ގޮތުގައި އެ ޕާޓީ ނަގަހައްޓަވައިދެއްވާފައި ވާކަމަށް ބަޔާނުގައިވެއެވެ.



އެމްޑީޕީގެ ބަޔާނުގައި މިދިއަ ސަރުކާރުގެ ޚުދުމުޚުތާރު އަނިޔާވެރިކަމުގެ ތެރޭގައި ވެސް ޕާޓީ ރުކުރުވާލައި، ސިޔާސީ ޙަރަކާތްތައް އެންމެ މަތީ ދަރަޖައަކަށް އިންތިޒާމްކޮށްދެއްވައި ސާބިތުކަން ހިފަހައްޓަވާދެއްވުމުގައި ޗެއާޕާރސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ލީޑަރޝިޕް ދައްކުވައިދެއްވާފައި ވާކަމަށް ބަަޔާނުގައިވެއެވެ.



އެމްޑީޕީގެ ބަޔާނުގައި ޙަސަން ލަޠީފުގެ ޗެއާޕާރސަންކަމުގައި އެމްޑީޕީން ވާދަކުރި ހުރިހާ އިންތިޚާބެއް ކާމިޔާބުކޮށްފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު