ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަަހަރު 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ގްރީން ފަންޑަށް މިދިޔަ އަހަރު ވަނީ 802 މިލިއަން ރުފިޔާ ލިބިފައެވެ. އަދި މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާރޗުމަހުގައާއި ޑިސެމްބަރުމަހުގައިކަމަށް ފިނޭންސްގެ ތަފާސް ހިސާބުން ދައްކައެވެ.
މާރޗުމަހު ގްރީން ފަންޑަށް 93.4 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، ޑިސެމްބަރުމަހު ގްރީން ފަންޑަށްވަނީ 94.4 މިލިއަން ރުފިޔާ ޖަމާވެފައެވެ.
ގްރީން ފަންޑަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުތެރޭ ގްރީން ފަންޑުން 639 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ޚަރަދުކޮށްފައިވާ މަޝްރޫޢުތަކުގެތެރޭގައި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ހުރީ 708.3 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު