އަހުމަދު މަސްނޫމް   12 ފެބްރުއަރީ 2022 - 22:48
އައްޑޫ މޭޔަރު އަލީ ނިޒާރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެހެން ނަމަވެސް ހާލު ރަނގަޅު ކަމަށެވެ. އަދި ބަލީގެ ކުދިކުދި އަލާމާތްތައް އެބަހުރި ކަމަށް ނިޒާރު ވިދާޅުވިއެވެ.



އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 722 އަށް އަރާފައެވެ. އެގޮތުން ހިތަދޫގައި 328، ފޭދޫގައި 115، މަރަދޫގައި 97، ހުޅުދޫގައި 68، މަރަދޫފޭދޫގައި 64 އަދި މީދޫގައި 46 ކޭސް މިހާތަނަށް ވަނީ ފެނިފައެެވެ. މި ވަގުތު އައްޑޫގައި ކޮވިޑަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ އެންމެ މީހަކަށެވެ. އެ ބަލީގައި މިހާތަނަށް 15 މީހަކު އައްޑޫ ސިޓީން ވަނީ ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު