ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، އެޗްޑީސީގެ އުޅަނދުތަކަށް ހާއްސަ ޕެޓްރޯލު ޝެޑެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވަލައިފި އެވެ.
އެޗްޑީސީން ބުނީ ޕެޓްރޯލު ޝެޑު އަޅަނީ ހުޅުމާލޭގައި، އެ ކުންފުނީގެ ބޭނުންތަކަށް ހާއްސަ ކޮށް ފައިވާ މުނިސިޕަލް ސާވިސް އޮޕަރޭޝަން (އެމްއެސްއޯ) ސަރަހައްދުގައި ކަމަށެވެ. އެ ޕެޓްރޯލު ޝެޑަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ސަރަހައްދުގައި، އެޗްޑީސީގެ ވެހިކަލް ތަކަށް ހާއްސަކޮށްގެން އަޅާ ޝެޑެއް ކަމަށް އެޗްޑީސީން މައުލޫމާތުދެ އެެވެ. މި ބީލަމަށް ކުރިމަތި ލެވޭނީ 100 އިންސައްތަ ދިވެހި ކުންފުނި ތަކަށް އެކަނި ކަމަށާއި، ބީލަމަށް ކުރިމަތިލާ ކުންފުނި ތަކުން އެޗްޑީސީގެ ޕޯޓަލްގައި ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
ބީލަމަށް ހުޅުވާލެވިފައިވާ މިމަޝްރޫއުގެ ޕްރީ ބިޑް މީޓިން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 13:00 ގައި، ޒޫމް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަޝްރޫޢު ކުރިއަށްގެންދިއުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 11 ޖެހުމުގެ ކުރިން ބިޑް ހުށައެޅުމަށް އެކުންފުނިން އެދިފައިވެއެވެ.
ހުޅުމާލޭގައި މިވަގުތު އާންމުންނަށް ހާއްސަކޮށްގެން ދެ ޕެޓްރޯލު ޝެޑެއް ވަނީ ހުޅުވާފައެވެ. ނަމަވެސް އެޗްޑީސީއަށް ހާއްސަކޮށްގެން ޕެޓްރޯލް ޝެޑެއް އަޅާ މިއީ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އާއްމުންނަ މިޕެޓްރޯލް ޝެޑުގެ ބޭނުން ނުކުރެވޭނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު