އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި އެމްޑީޕީގެ މެމްބަރު ސަފާތު އަހުމަދު ޒާހިރު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ރޮޒައިނާ މިއަދު ވަނީ ހާމަކުރައްވާފައެވެ. އަދި ސަފާތު އަހުމަދު ޒާހިރު ވަނީ ޓްވިޓާ މެދުވެރިކޮށް އެކަން ކުރީން އިއުލާން ކުރައްވާފައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދުއެވެ. އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި ޒުވާނުންގެ ޔޫތު ވިންގު ރައީސް ހޮވުންވެސް އޭޕްރީލް 16 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއިން ހާމަކުރެއެވެ.
މީގެއިތުރުން، މިމަހުގެ 18 ވަނަ ދުވަހު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިބާހުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮގަސްޓް ހަތަރުވަނަ ދުވަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު