ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިހާބުވާން ބޭނުންވާ އިންސައްތަ 30 އިންސައްތައަށް ކުޑަކުރުމާއި މެދު ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެެވެ.

އެމްޑީޕީން އަބަދު ވެރިކަމުގައި އޮންނަން ބޭނުންވާނަމަ ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިހާބުވާން ބޭނުންވާ އިންސައްތަ 30 އިންސައްތައަށް ކުޑަކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނައުމާއިމެދު އާންމުންނާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. މޯލްޑިވިސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ގިނަ ރައްޔިތުން އެމްޑީޕީ ވެރިކަމުގައި އޮންނަން ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ އަދަދު 30 ޕަސެންޓްމަށް ދަށްކުރަން އެމަނިކުފާނު ވިދާޅުވުމުން އެ ހުށައެޅުން ދެކޮޅު ނުޖެހޭ ކަމަށެވެ. ރައްޔިތުންގެ ތާއިދު އޮތް ކަމަށް ބެލޭނީ ރައީސަކަށް އިންތިޚާބުވާން އެންމެ މަދުވެގެން 50 ޕަސެންޓްގެ ތާއިދު ލިބިގެން ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރެއްވި އުޝާމް ވިދާޅުވިއެވެ.



އުޝާމަށް ރައްދު ދެއްވަމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ‏ރާއްޖޭގައި މިފަހުން ބޭއްވި ރިޔާސީ އިންތިޚާބުތަކުގައި ދެބުރަށް ގޮސްގެން ހޮވިފައި ހުރީގާތްގަނޑަކަށް 25 އިންސައްތައިގެ ތާއީދު (ފުރަތަމަ ބުރުން) ލިބުން ކެންޑިޓޭޓުންކަން އެނގިވަޑައިނުގަންނަވާތޯ އުޝާމް އާއި ސުވާލު ކުރައްވާފައެެވެ.

އެކަމަށް ރައްދު ދެއްވަމުން އުޝާމް ވަނީ ‏ތާއަބަދު ވެރިކަންކުރުމުގެ ނިޔަތުގައި އެކަމަށް މަގުފަހިކުރުމަށްޓަކާ، މިއަދު ލިބިފައި އޮތް ބާރުގެ ބޭނުންކޮށްގެން ގާނޫނުއަސާސީއާއި ގާނޫނުތައް ބަދަލުކުރުމަކީ ހުދުމުހްތާރު ގޮތެއް ކަމަށް ގަބޫލުނުކުރައްވަނީތޯ ވައްޑެ އާއި ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުުހައްމަދު ވަހީދު ވިދާޅުވީ‏‎ ސިޔާސީޕާޓީ ހަދަނީ ވެރިކަމާ އިންތިޚާބީ މަޤާމުތައް ކާމިޔާބުކުރުމަށް ތާއަދު މަސައްކަތް ކުރުމަށް އަދައިގެން ކަމަށެވެ. އަދި ވޭތުވެދިޔަ ތިންދައުރުގެ ތަޖުރިބާގެ އަލީގައި ރައްޔިތުން ގާތުގައި އަހައިގެން ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމަކީ ސިޔާސީޕާޓީތަކުން ކުރަންޖެހޭނެ ކަމެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެއަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ ‏‎ގާނޫނުއަސާސީއަށް އެވަރުގެ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އެމްޑީޕީއަށް އަދި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުނުކުރާ ރައްޔިތުން އެކަމުގައި ދެކޭގޮތްވެސް ހޯދައިގެން ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތަށް އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބުގެ ވޯޓުގެ 51 ޕަސެންޓް ހޯދައިގެން ނޫނީ ރާއްޖޭގެ ރައީސް ކަމަކަށް އިންތިޚާބެއް ނުވާނެއެެވެ. އެހެންކަމުން އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ތިން އިންތިހާބު ވެސް ކާމިޔާބު ކުރެވިފައިވަނީ ކޯލިޝަން ހަދައިގެންނެވެ.

ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެެވެ.



ކިޔުންތެރިންގެ ހިޔާލު


-9

ނާޗޫރު

16-Feb-2022

ދިވެހިންގެ ހިތްތަކުގެބާނީ ރައްޔަތުންގެޖީބު ބަރުކޮށްދެއްވި ރައީސް ނުކުޅެދޭ ކުދިންނަށް އެހީވި ރައީސް އައިޑީ ކާޑަށް ބޭސްކުރެވޭގޮތް ހަދާދިން ރައީސް ރަށުބަންދުން ފިލުވަދިން ރައީސް މުސްކުޅިންނަށް އިނާޔަތްދިން ރައީސް ހިލޭޑިގްރީއަށް ކިޔެވޭނެގޮތް ހެއްދެވި ރައީސް އެކަނިވެރި މައިންނަށް އިނާޔަތްދެއްވި ރައީސް އަދި އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ރައީސް މުހައްމަދު ނަޝީދު ދިވެހިންނަށް ނުރަނގަޅު ބަދަލެއް ގެންނާން ބާރުނާޅުއްވާނެކަން ޔަގީން އަޅުގަނޑު ވަރަށްބޮޑަށް ތާއިދުކުރަން ކުރިޔަށް ވަޑާގެންނަވާ ބާރަށް ކުރިއަށް އިންޝާﷲ ކާމިޔާބުކޮށްދޭން މިތިބީ


4

ނާޗޫރު

16-Feb-2022

ދިވެހިންގެ ހިތްތަކުގެބާނީ ރައްޔަތުންގެޖީބު ބަރުކޮށްދެއްވި ރައީސް ނުކުޅެދޭ ކުދިންނަށް އެހީވި ރައީސް އައިޑީ ކާޑަށް ބޭސްކުރެވޭގޮތް ހަދާދިން ރައީސް ރަށުބަންދުން ފިލުވަދިން ރައީސް މުސްކުޅިންނަށް އިނާޔަތްދިން ރައީސް ހިލޭޑިގްރީއަށް ކިޔެވޭނެގޮތް ހެއްދެވި ރައީސް އެކަނިވެރި މައިންނަށް އިނާޔަތްދެއްވި ރައީސް އަދި އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ރައީސް މުހައްމަދު ނަޝީދު ދިވެހިންނަށް ނުރަނގަޅު ބަދަލެއް ގެންނާން ބާރުނާޅުއްވާނެކަން ޔަގީން އަޅުގަނޑު ވަރަށްބޮޑަށް ތާއިދުކުރަން ކުރިޔަށް ވަޑާގެންނަވާ ބާރަށް ކުރިއަށް އިންސާފު ކާމިޔާބުކޮށްދިން މިތިބީ


-3

ދަލޭ

16-Feb-2022

އެއްވެސް އިނސައްތައެއް ނުލިބޭނެކަން ޔަގީންވެގެން މޮޅު އަދަދެއް ޖަހާލީދޯ, ކީއްކުރަންތޯ ތިވަރުގެ ބޭގަރާރު ބަޔަކު ވެރިކަމާ ތި ހިފަނީ,!!?


0

ދަލޭ

16-Feb-2022

އެއްވެސް އިނސައްތައެއް ނުލިބޭނެކަން ޔަގީންވެގެން މޮޅު އަދަދެއް ޖަހާލީދޯ, ކީއްކުރަންތޯ ތިވަރުގެ ބޭގަރާރު ބަޔަކު ވެރިކަމާ ތި ހިފަނީ,!!?