ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރު ފަހު 2:14 ގައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެެވެ.



މިއާއެކު، މި ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 288 އަށް އަރައިފައެވެ.

ކޮވިޑް ބަލީގައި މީގެ ދެ ދުވަސް ކުރިން ފުވައްމުލަކު ސިޓީން ވެސް އުމުރުން 80 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ. މި މަހު އެކަނިވެސް ކޮވިޑް ބަލީގައި ރާއްޖެއިން 12 މީހަކު ވަނީ ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު