މާލެ-ހުޅުމާލެ ހައިވޭގައި ހަތް ކާރު ޖެހި ނުރައްކާތެރި މިރޭ އެކްސިޑެންޓެެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ހައިވޭގައި 07 ކާރު ޖެހި އެކްސިޑެންޓެެއް ހިނގި ކަމުގެ މައުލޫމާތު މިރޭ 21:05 ހާއިރު ލިބިފައިވާކަމަށެވެ. އަދި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެެވެ. މި އެކްސިޑެންޓްގައި ކާރުތަށް ދުއްވި ހުރިހާ މީހުން ވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މިއެކްސިޑެންޓް ބައެއް ވީޑިއޯތަކުން ފެންނަގޮތުން ހައިވޭގެ މެދަކާ ހިސާބުގައި އެކްސިޑެންޓުވެ ހަތް ކާރު އޮތީ މަޑުކޮށްފައެވެ. އަދި އެކާރުތައް އެއް ކާރުން އަނެއް ކާރުގައި ޖެހިފައިވާ ތަން ވީޑިއޯ ތަކުން ފެނެއެވެެ.

ފުލުހުން ގެންދަނީ މިމަައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެެވެ.

ސިނަމާލެ ބްރިޖު ހުޅުވި ދުވަސްވަރު ވެސް ވަނީ ބްރިޖުގެ ޓްރެފިކް ލައިޓު ކައިރީ މިފަދައިން އެކްސިޑެންޓް ތަކެއް ވަނީ ހިނގާފައެވެ. އަަދި ބްރިޖްގައި ހައިވޭގައި ފަހަކަށް އައިސް ހިނގާ އެކްސިޑެންޓްތަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ޙުސާން ބެއްޔާއް ކަލޯގެ އިބިރިހިމާގެ ކައްދާދީ.

16-Feb-2022

ހައިވޭއޭ... ބޮޑުޖޯކެއްނުން. ތިތާ އެބައޮތްތަ ބަޔަކު ހައިވޭއޭ ކިޔައިގެން މޮޔަ ބޮލަށް އަރައިގެން ބާރު ސްޕީޑުގަ ދުއްވާނެ ތަނެއް. ހުރިހާކަމެއްގަ ހައްދުފަހަނައަަޅާފަ.