ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ހިފެހެއްޓުމެއް ނެތި ތެލުގެ އަގު ބޮޑުވަމުންދާ ކަމަށާއި އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް އެތައް ގުނައެއް އަނެއްކާ ވެސް ބޮޑުވެފައިވާ ކަމަށެވެ.
އެއާއެކު މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައިވާ ކަަމަށް އެ ކުންފުނިންް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެ ކުންފުނިން އެންމެ ފަހުން ތެލުގެ އަގު ބޮޑު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
އަލަށް ގެނައި ބަދަލުގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް، އެފްއެސްއެމުން ޕެޓްރޯލާއި ޑީސަލް ވިއްކާނީ ޕެޓްރޯލް ލީޓަރެއް 12.89ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.04ރ. އަށެވެ. މިއަދު ގެނައި މިބަދަލާއެކު ޕެޓްރޯލު ލީޓަރަކުން 83 ލާރި އަދި ޑީސަލް ލީޓަރަކުން 6 ލާރި ވަނީ ބޮޑުވެފައެވެ.
މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 12.06ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން އައީ 12.44ރ. އަށެވެ.
އެސްޓީއޯއިން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު