ސިޔާސީ މީހުންގެ އަމިއްލަ ބޭނުމަށް އިރުއިރުކޮޅާ ވެރިކަންކުރާ ނިޒާމް ބަދަލުކުރުމަކީ އެކަމުގެ ސަބަބުން ގައުމަށް ގެއްލުންވާނެކަމެއްގެ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެންމެފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވޯޓު ނަގާނެ ތާރީޚާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ފައިނަލްކުރުމަށް ޕާޓީގެ ކޮންގްރެސްއަށް ހުށައެޅުމަށް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މައްސަލާގައި ފާޑުވިދާޅުވަމުން އައްޑޫ ޝަރީފް ވިދާޅުވީ ގައުމަކަށް ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނީ އަމާންކަމާއި ހަމަޖެހުން އޮވެގެންކަމަށެވެ. އަދި ވެރިކަމުގެ ނިޒާމްތައް ގައުމުތަކުގެ ހިންގަން ދުވަސް ނަގާއިރު، އިރުއިރު ކޮޅާއި ވެރިކަމުގައި ނިޒާމް ބަދަލުކުރުމަކީ ގައުމަށް ފައިދާކުރާނެ ކަމެއް ނޫންކަމަށް ޝަރީފް ސިފަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ މިއީ ރައްޔިތުންގެ މުސްތަގުބަލާއި މެދު ގޮތް ނިންމުމުގެ ކޮންޓްރޯލް ރައްޔިތުން ނަގަންވީ ވަގުތުކަމަށެވެ.
އިސްކަންދަރު ސްކޫލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތާއީދު ކުރެއްވި ހުށަހެޅުމުގައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ކުރުމަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށެވެ.
ކޮންގްރެސަށް ހުށައަޅަންފެންނަ އިސްލާޙުތައް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގިނަ ކަންތައްތަކެއް ފާހަގަކުރެއްވިއެވެ. އެގޮތުން ރިޔާސީ ޕްރައިމަރީ ބޭއްވުމާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ޢަދަދު ކަނޑައެޅުމާއި ޖޭއެސްސީ އިސްލާޙުކުރުން ރައީސް ނަޝީދު ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެކަންކަމާމެދު ކޮންގްރެސްގެ ކުރިން އެމްޑީޕީގެ ޢާއްމު މެންބަރުންގެ މެދުގައި ގިނަގިނައިން ބަހުސް ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތަށް އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެބަދަލު ގާނޫނު އަސާސީއަށް ގެންނަންޖެހެނީ އެމްޑީޕީ އަބަދަށް ވެރިކަމުގައި އޮތުމަށް ކަމަށެވެ.

A country can progress only in an environment of stability n peace. A system of government needed time to take root n no country can afford to constantly keep changing the system to cater to the whims n interests of politicians. It is time we the ppl take charge of our destiny
— Ibrahim Shareef (@AdduShareef) February 13, 2022
އިސްކަންދަރު ސްކޫލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތާއީދު ކުރެއްވި ހުށަހެޅުމުގައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ކުރުމަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށެވެ.
ކޮންގްރެސަށް ހުށައަޅަންފެންނަ އިސްލާޙުތައް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގިނަ ކަންތައްތަކެއް ފާހަގަކުރެއްވިއެވެ. އެގޮތުން ރިޔާސީ ޕްރައިމަރީ ބޭއްވުމާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ޢަދަދު ކަނޑައެޅުމާއި ޖޭއެސްސީ އިސްލާޙުކުރުން ރައީސް ނަޝީދު ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެކަންކަމާމެދު ކޮންގްރެސްގެ ކުރިން އެމްޑީޕީގެ ޢާއްމު މެންބަރުންގެ މެދުގައި ގިނަގިނައިން ބަހުސް ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތަށް އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެބަދަލު ގާނޫނު އަސާސީއަށް ގެންނަންޖެހެނީ އެމްޑީޕީ އަބަދަށް ވެރިކަމުގައި އޮތުމަށް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު